ބޭނުންވަނީ ރާއްޖޭގެ އިންޖިނިއަރިން ދާއިރާއަކީ ހަމައެކަނި ދިވެހިން މަސައްކަތްކުރާ ދާއިރާއަކަށް ހައްދަވަން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުއިއްޒު މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީގެ ފެކަލްޓީ އޮފް އިންޖިނިއަރިން ސައިންސް އެންޑް ޓެކްނޮލޮޖީގެ ދަރިވަރުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ، ރާއްޖޭގެ ތަރައްގީއަށް ދިވެހި އިންޖިނިއަރުންނަކީ ވަރަށް މުހިއްމު ބައެއް ކަމަށެވެ.
އޭގެ އިތުރުން ރާއްޖޭގެ ތަރައްގީއަށް ބަލާއިރު އެކި ކަހަލަ އިންޖިނިއަރިން ދާއިރާތަކުން ވީހާވެސް ގިނަ ދިވެހިން ކިޔަވައިގެން ނުކުމެ ރާއްޖެއަށް ހިދުމަތް ކުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މިއަދު ފާހަގަ ކުރަމުން އަންނަ ރާއްޖޭގެ އިންޖިނިއަރުންގެ ދުވަސް ފާހަގަކުރުމުުގެ ބޭނުން އޮޅުންފިލުއްވައިދެއްވަމުން ރައީސް ވިދާޅުވީ، އިންޖިނިއަރުންގެ ދުވަސް ފާހަގަކުރަން ނިންމެވީ އެ ދާއިރާއަށް މީހުން ނެރެން ބޭނުންފުޅުވާތީކަމަށެވެ. އެހެންކަމުން ސިޔާސަތެއްގެ ގޮތުގައި ކަނޑައަޅައި އިންޖިނިއަރުންގެ ދުވަސް ފާހަގަކުރަން ނިންމެވީ ކަމަށްވެސް ވިދާޅުވިއެވެ.
އިބްރާހިމް ޒަކީ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކޮމެންޓް