ސޯނީ އެންޓަޓެއިންމަންޓް ޓެލެވިޒަނުން ގެނެސްދޭ ކްރައިމް ސީރީޒް "ކްރައިމް ޕެޓްރޯލް" ގެ އާ ސީޒަން "ކްރައިމް ކާ ކަރަންޓް ސީޒަން" ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އަޖޭ ދޭވްގަންއާ އެކު މި މަހުގެ 31 ގައި ޕްރިމިއާކުރަން ނިންމައިފިއެވެ.
ރަސްމީ ފަރާތްތަކުން ބުނެފައިވާ ގޮތުގައި، މި ޝޯ ދައްކާނީ ކޮންމެ ހަފުތާއެއްގެ ހޯމަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ. މި ޝޯ ގެނެސްދޭނީ އަމީތާބް ބައްޗަން ހޯސްޓުކުރާ "ކޯން ބަނޭގާ ކްރޯޅްޕަތީ" އަށް ފަހު، ސޯނީ ޓީވީ އަދި ސޯނީ ލިވް އިންނެވެ. މިއީ އަޖޭ ޓީވީ ޝޯއެއް ހޯސްޓުކުރާ ފުރަތަމަ ފަހަރެވެ.
ހަގީގީ ހާދިސާތަކުގެ މައްޗަށް ބިނާކޮށް ގެނެސްދޭ މި ސީޒަނުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވައިލާނީ ސޯޝަލް މީޑިއާއާއި ޒަމާނީ ދިރިއުޅުމުގެ ސަބަބުން މީހުންގެ އަމަލުތަކަށް އަންނަ ބަދަލުތަކަށެވެ. ޝޯގެ ޕްރޮމޯގައި އަޖޭ ބުނެފައިވަނީ ކޮންމެ ޒަމާނެއްގައި ވެސް އެ ޒަމާނެއްގެ އޮއިވަރެއް އޮންނާނެ ކަމަށާއި، މީހުންގެ އިހުސާސްތައް ވެސް މިހާރު ސްކްރޯލްވާން ފަށާފައިވާ ކަމަށެވެ.
“ކޮންމެ ޒަމާނެއްގައި ވެސް އެ ޒަމާނެއްގެ އޮއިވަރެއް އޮންނާނެއެވެ. އަހަރެމެންގެ އިހުސާސްތައް ވެސް މިގޮތަށް ސްކްރޯލްވާން ފަށައިފިއެވެ. އެއް ސްވައިޕްގައި އުފާވެރިކަން، އަނެއް ސްވައިޕްގައި ރުޅިވެރިކަން... މީހަކަށް އަމިއްލަ ނަފުސުގެ ކޮންޓްރޯލް ގެއްލޭ ހިސާބަށެވެ. މިއީ ނުކުރަންވާވަރުގެ ކުށެކެވެ. ބަލައިލަމާ!... ސިހުންގެނުވާ އަދި ވޭންދެނިވި ހަގީގަތެއް،” ޕްރޮމޯގައި އަޖޭ ބުނެފައިވެއެވެ.
މީގެ އިތުރުން، ބިރުގަތުމުގެ ބަދަލުގައި ހޭލުންތެރިވެ ތިބުމަށް އަޖޭ ބެލުންތެރިންނަށް އިލްތިމާސްކުރާނެ ކަމަށް ވެސް މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ. 2003 ވަނަ އަހަރު ފެށި ކްރައިމް ޕެޓްރޯލްގެ އެކި ސީޒަންތައް މީގެ ކުރިން ގެނެސްދީފައިވާއިރު، މި ޝޯ އެންމެ ބޮޑަށް މަޝްހޫރުވެފައިވަނީ ކުރީގެ ހޯސްޓް އަނޫޕް ސޯނީއާ އެކުގައެވެ. އަޖޭއާ އެކު ގެނެސްދޭ އާ ސީޒަންގެ ޕްރޮމޯ މިހާރު އާންމުކޮށްފައިވާއިރު، ޝޯ ފެށުމަށް ހަމަޖެހިފައިވަނީ މި މަހުގެ 31 ގައެވެ.
އަޖޭ ދޭވްގަން
އަޖޭ ދޭވްގަން
އަޖޭ ދޭވްގަން
އަޖޭ ދޭވްގަން
ކޮމެންޓް