ދިވެހި ދައުލަތަށް 53 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ހިދުމަތްކުރެއްވި ވ. ކެޔޮދޫ، އަލިވާގޭ، އަބްދުއްލަތީފް ހަސަންގެ އާއިލާއަށާއި ވ. އަތޮޅުގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ފޮނުއްވައިފިއެވެ.
ރައީސް މި ތައުޒިޔާ ފޮނުއްވީ އަބްދުއްލަތީފް ހަސަން އަވަހާރަވުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓުގައި ރައީސް ވިދާޅުވި ގޮތުގައި، އަބްދުއްލަތީފަކީ ވ. އަތޮޅުގެ އަތޮޅުވެރިކަމާއި އެ އަތޮޅުގެ އިސް މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ. އަދި އޭނާއަކީ ދިވެހި ދައުލަތަށް ވަރަށް ދިގު މުއްދަތެއްގައި ހިދުމަތްކުރެއްވި ހަރުދަނާ ޝަހްސިއްޔަތެއް ކަމަށް ވެސް ރައީސް ވަނީ ފާހަގަކުރައްވައިފައެވެ.
މަރްހޫމްގެ އާއިލާއަށާއި ވ. އަތޮޅުގެ ރައްޔިތުންނަށް ނުހަނު އިހުލާސްތެރިކަމާއެކު ތައުޒިޔާ ދަންނަވާ ކަމަށް ރައީސްގެ ޕޯސްޓުގައި ލިޔުއްވާފައިވެއެވެ. މީގެ އިތުރުން، މާތްﷲގެ ރުއްސެވުމާއި ފުއްސެވުމުގައި މަރްހޫމް ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރުކުރެއްވުން އެދި ރައީސް ވަނީ ދުއާކުރައްވައިފައެވެ.
އަބްދުއްލަތީފް ހަސަން ވަނީ ދިވެހި ދައުލަތަށް 53 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ހިދުމަތްކުރައްވައިފައެވެ. އުމުރުން 93 އަހަރުގައި އަވަހާރަވި އަބްދުއްލަތީފް ހަސަންގެ ކަށުނަމާދު ކުރިއަށްގެންގޮސްފައިވަނީ މިއަދު އަސްރު ނަމާދަށްފަހު ހުޅުމާލޭ ސަހަރާ މިސްކިތުގައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކޮމެންޓް