މިއަދު ބާއްވަން ތާވަލުކޮށްފައިވާ އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ކެންސަލް ކޮށްފިއެވެ.

އިއްޔެ އޮތް މަޖިލީހުގެ ޖަލްސާ ނިންމަވައިލައްވަމުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ މިއަދު ޖަލްސާއެއް އޮންނާނެކަން އިއުލާނުކުރައްވައިފައެވެ.

ނަމަވެސް މިއަދުގެ ޖަލްސާ ވަނީ ކެންސަލް ކޮށްފައެވެ. ކެންސަލް ކުރި ސަބަބެއް މަޖިލީހުން ހާމައެއް ނުކުރެއެވެ.

މިއަދުގެ މަޖިލިސް ޖަލްސާ ކެންސަލް ކުރި އިރު، މުހިއްމު މަސައްކަތްތައް މަޖިލީހުން ނިންމަން ހުރި ކަމަށް ބުނެ ވަނީ ބުރާސްފަތި ދުވަހުގެ ނިޔަލަށް މަޖިލިސް ދަންމާލައިފައެވެ. އަދި މިއީ މިދައުރުގައި މަޖިލިސް ދަންމާލި ދެވަނަ ފަހަރެވެ.

މަޖިލިސް ގަވާއިދު ބުނާގޮތުން މަޖިލީހުގެ ދެވަނަ ދައުރު ކުރިއަށްދާނީ، ޖޫން މަހުގެ އެކަކުން ފެށިގެން މި ހިނގާ އޯގަސްޓް ކަމުގެ 15 ގެ ނިޔަަލަށެވެ.

ނަމަވެސް މުހިއްމު މަސައްކަތްތަކެއް މަޖިލީހުގައި ހުރުމުން އެކަންކަން ނިންމުމަށްޓަކައި އެ މުއްދަތު މިމަހު 20 އަށް ދަންމާލަން މިމަހުގެ 12 ވަނަ ދުވަހުވެސް މަޖިލީހުން ފާސްކުރިއެވެ.