ސޯސަން ފިހާރައިން ރާއްޖޭގެ ބާޒާރަށް ތައާރަފުކޮށްފައިވާ "ރިއަލް ތައި" ބްރޭންޑްގެ ކޮކޮނަޓް މިލްކަކީ (ކާށި ކިރަކީ) ދިވެހީންގެ އާންމު ކެއިންބުއިމުގައި ހިމެނޭ ތަފާތު ރިހަތަކަށް އާދަޔާ ހިލާފު މީރުކަމެއް ގެނެސްދޭ މަތީ ފެންވަރުގެ އުފެއްދުމެކެވެ.

މިއީ ތައިލެންޑުގެ ސަގާފީ ރަހަތައް ދުނިޔެއަށް ފޯރުކޮށްދިނުމުގައި ބައިނަލްއަގުވާމީ ގޮތުން މަޝްހޫރުކަން ހޯދާފައިވާ ބްރޭންޑެކެވެ.

ރާއްޖޭގެ އެންމެ ދުވަސްވީ އެއް ވިޔަފާރި ކަމަށްވާ ސޯސަން ފިހާރައިން މި އުފެއްދުން ރާއްޖެއަށް އެތެރެކުރަން ފެށުމާއެކު، އާންމު ގޭބިސީތަކަށާއި ޕްރޮފެޝަނަލް ޝެފުންނަށް ވަނީ ވަރަށް ބޮޑު ލުއިފަސޭހަކަމެއް ލިބިފަ އެވެ. މި ކާށި ކިރު ބަންދުކޮށްފައި ހުންނަނީ އޭގެ އަސްލު ރަހައާއި މީރުވަސް ނުގެއްލޭ ގޮތަށް އެންމެ ޒަމާނީ ޓެކްނޮލޮޖީގެ އެހީގަ އެވެ.

ރިއަލް ތައި ކޮކޮނަޓް މިލްކްގެ އެންމެ ހާއްސަ އެއް ސިފަޔަކީ އޭގެ މަތީ ފެންވަރާއި ކޮލެޓީއެވެ. މިއީ އެންމެ ފުރިހަމަ ކާށިން، އެއްވެސް ކެމިކަލް މާއްދާއެއް ނުވަތަ އާޓިފިޝަލް ކުލައެއް ނުހިމަނައި އުފައްދާފައިވާ އެއްޗެކެވެ. މި ކިރުގެ އޮލަކަމާއި އޮމާންކަން ހުންނަ ގޮތުން، ގޭގައި އަމިއްލައަށް ގާނައިގެން ފެލާ ކާށި ކިރާ އެއްވެސް ތަފާތެއް ނުހުރެ އެވެ. އެހެންކަމުން މިއީ ކެއުމުގެ ސިއްހީ ފައިދާތަކަށް ވިސްނާ މީހުންނަށްވެސް އިތުބާރާއެކު ބޭނުންކުރެވޭނެ އުފެއްދުމެކެވެ.

ރިއަލް ތައި ކޮކޮނަޓް މިލްކް

ދިވެހީންގެ ކެއިންބުއިމުގެ ސަގާފަތަށް ބަލާއިރު ކާށި ކިރަކީ ބަދިގެތަކާ ވަރަށް ބޮޑަށް ގުޅިފައިވާ އަސާސީ ބާވަތެކެވެ. ކުރީ ޒަމާނުގައި ކޮންމެ ދުވަހަކު ކާށި ގާނައިގެން ކިރު ފެލުމަކީ ދިވެހި އަންހެނުން ވަރަށް ބޮޑު ވަގުތެއް ހޭދަކުރި ކަމެކެވެ. ނަމަވެސް މިއަދުގެ ބުރަ ދިރިއުޅުމުގައި ވަގުތު ސަލާމަތް ކުރުމަށްޓަކައި ރިއަލް ތައި ކޮކޮނަޓް މިލްކް ވަނީ ދިވެހި ބަދިގެތަކުގެ މުހިންމު ހިއްސާއަކަށް ވެފައެވެ. މިއީ އަވަހަށް ކައްކައިގެން މީރު ކެއުމެއް ތައްޔާރުކުރުމަށް މިހާރު ދިވެހީންނަށް އޮތް ފުރަތަމަ އިހުތިޔާރެކެވެ.

މި ކާށި ކިރު އަޅައިގެން ތައްޔާރުކުރާ އެކި ބާވަތުގެ ރިހަތަކުގައި އާދަޔާ ހިލާފު މީރުކަމެއް ހުންނަކަން ކައްކާ މީހުން ފާހަގަކުރެ އެވެ. ދިވެހީން އާންމުކޮށް ކައިއުޅޭ ކަނޑުމަހު ރިހަ، ކުކުޅު ރިހަ އަދި ތަފާތު ތަރުކާރީ ރިހަތަކަށް މި ކިރުގެ ސަބަބުން އިތުރު ފުރިހަމަކަމެއް ގެނެސްދެ އެވެ. މި ކިރު އަޅައިގެން ކައްކާއިރު ރިހައިގެ އޮލަކަން ހިފެހެއްޓި، ހަވާދުގެ ރަހަތަކާ އެކުވެގެން އަންނަނީ ވަރަށްވެސް ހިތްގައިމު ރަހައެކެވެ. މީގެ އިތުރުން ކިރުގަރުދިޔަ ފަދަ ދިވެހި ސަގާފީ ކެއުންތައް ތައްޔާރުކުރުމަށް ވެސް މިއީ ރަހަ ހެޔޮވަރު ބާވަތެކެވެ.

ބާޒާރުގައި ވިއްކަން ހުންނަ ބައެއް އެހެން ބްރޭންޑްތަކުގެ ކާށި ކިރާ ހިލާފަށް ރިއަލް ތައި ކޮކޮނަޓް މިލްކް ކައްކާއިރު ފަސޭހައިން ފަޅައިގެން ގޮސް ފެނަށް ބަދަލުވުމުގެ މައްސަލައެއް ދިމައެއްނުވެ އެވެ. ގިނަ އިރު އުނދުން މަތީގައި ބަހައްޓައިގެން ކައްކާ ރިހަތަކުގައި ވެސް މި ކިރުގެ އޮލަކަމާއި ތާޒާކަން ހަމަ އެގޮތުގައި ހިފެހެއްޓިފައި ހުރެ އެވެ. މިއީ ރިހައިގެ މަތީގައި ތެޔޮކަން ރީތިކޮށް ހުރުމަށް އެހީތެރިވެދޭ ކަމެކެވެ. މި ސަބަބަށްޓަކައި ޕްރޮފެޝަނަލް ރެސްޓޯރެންޓްތަކުގެ ބަދިގެތަކުގައިވެސް މި ބްރޭންޑް ވަރަށް ގިނައިން ބޭނުންކުރެ އެވެ.

ހަމައެކަނި ރިހަ ކެއްކުމުގެ އިތުރުން، ދިވެހީން ތައްޔާރުކުރާ ފޮނި ކާތަކެއްޗަށްވެސް ރިއަލް ތައި ކާށި ކިރުން ތަފާތު މީރުކަމެއް ގެނެސްދެ އެވެ. ފަނިގިރުމަށާއި ބޯކިބާ ފަދަ ހެދިކާ ހެދުމަށާއި ސާގު ބޮނޑިބަތް ފަދަ ދިވެހި ފޮނިކާތަކެތި ކެއްކުމަށް ވެސް މިއީ ވަރަށް ކަމުދާ އުފެއްދުމެކެވެ. މި ކިރުގައި ހުންނަ ގުދުރަތީ އޮލަކަމާއި މީރުވަހުގެ ސަބަބުން، ތައްޔާރުކުރެވޭ ކާބޯތަކެތީގެ ފެންވަރު އެތައް ގުނައަކަށް މަތިވެގެންދެ އެވެ.

ސޯސަން ފިހާރައިން މި ބްރޭންޑް ރާއްޖެއަށް އެތެރެކުރަނީ ދިވެހީންގެ ރަހަތަކާ އެންމެ ގުޅޭ ބާވަތްތައް ހޯދައިގެންނެވެ. އެތައް އަހަރެއް ވާންދެން ރާއްޖޭގެ ކާބޯތަކެތީގެ މާކެޓުގައި އިތުބާރު ހޯދާފައިވާ ސޯސަން ފިހާރައިން އަންނަނީ މި އުފެއްދުން މެދުކެނޑުމެއް ނެތި ކަސްޓަމަރުންނަށް ފޯރުކޮށްދެމުންނެވެ. ބޮޑެތި ޕެކެޓްތަކުން ފެށިގެން ގޮސް ކުދި ޕެކެޓުތަކުގައިވެސް މި ކިރު ލިބެން ހުރުމަކީ ކޮންމެ ފަންތިއެއްގެ އާއިލާއަކަށް ވެސް މިއިން މަންފާ ހޯދުމަށް މަގުފަހިވާ ކަމެކެވެ.

ޒަމާނަށް އައި ބަދަލާއެކު ދިވެހީންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ބޮޑެތި ބަދަލުތަކެއް އައި ނަމަވެސް، މީރު ކާށި ކިރުގެ ރަހަޔަށް އޮތް ލޯތްބަކަށް ބަދަލެއް ނާދެ އެވެ.

ރިއަލް ތައި ކޮކޮނަޓް މިލްކަކީ މި ސަގާފީ ރަހަތައް ޒަމާނީ ފަސޭހަކަމާއެކު ދަމަހައްޓައިދިން މުހިންމު ވަސީލަތެކެވެ. ސޯސަން ފިހާރައިން ލިބެން ހުންނަ މި އުފެއްދުމަކީ ކޮންމެ ބަދިގެއެއްގައި ވެސް މިހާރު ހުރުން މުހިންމު އެއް ބާވަތެވެ.