އުޅަނދެއް ބަނދަރުކުރުމުގެ ކުރިން މައުލޫމާތު ބަދަލުކުރުމުގެ މުހިންމު އެއްބަސްވުމެއްގައި މޯލްޑިވްސް ކަސްޓަމްސް ސާވިސްއާއި ސަރަހައްދީ ތިން ގައުމެއްގެ ކަސްޓަމްސް އިދާރާތަކާ ދެމެދު ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ދެކުނު އޭޝިއާގެ ސަރަހައްދީ އިގްތިސޯދީ ގުޅުމުގެ ކަސްޓަމްސް ގްރޫޕުގެ ސަރަހައްދީ ބައްދަލުވުމެއްގައެވެ.
މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އިންތިޒާމުކޮށްގެން ކުރިއަށްދާ މި ބައްދަލުވުމުގައި ރާއްޖޭގެ އިތުރުން ބޫޓާން، ބަންގްލަދޭޝް އަދި ނެޕާލުގެ ކަސްޓަމްސް މުއައްސާސާތަކުން ވަނީ ބައިވެރިވެފައެވެ.
މި ރަސްމިއްޔާތު ބާއްވާފައިވަނީ މާލޭގައެވެ. މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް ފާތިމަތު ދިޔާނާ އެވެ.
ކަސްޓްމަސްއިން ބުނި ގޮތުގައި މި އެއްބަސްވުމުގެ ދަށުން، އެ ގައުމުތަކަށް އެތެރެކުރާ މުދާ އުފުލާ އުޅަނދުތައް ބަނދަރުކުރުމުގެ ކުރިން މުދަލުގެ މައުލޫމާތު ދޭދޭ ގައުމުތަކުގެ ކަސްޓަމްސް އިދާރާތަކާ ހިއްސާކުރެވޭނެ ނިޒާމެއް ގާއިމުކުރެވޭނެއެވެ. މީގެ ސަބަބުން ކަސްޓަމްސް މުއައްސާސާތަކުން މުދާ ކްލިއާ ކުރުމުގެ މަރުހަލާތައް އަވަސްވެ، ބޯޑަރު ސަރަހައްދުގައި ހިންގާ ވިޔަފާރީގެ ކަންކަން ހަރުދަނާވެގެންދާނެ ކަމަށް ކަސްޓަމްސްއިން ބުންޏެވެ.
ކަސްޓަމްސްއިން ބުނީ މިފަދަ ނިޒާމެއް ގާއިމުކުރެވުމުން އަމިއްލަ ވިޔަފާރިތަކަށް ބޯޑަރު ސަރަހައްދުން މުދާ ލިބުމުގައި ދިމާވާ ލަސްވުންތަކަށް ހައްލެއް ލިބި، މުދާ އުފުލުމުގެ ހަރަދު ކުޑަކުރެވޭނެ ކަމަށެވެ.
މީގެ އިތުރުން ސަޕްލައި ޗެއިން ރައްކާތެރިކަން ކަށަވަރުކުރެވި، ވިޔަފާރިވެރިންނަށް އެކަމުގެ ފައިދާ ބޮޑުތަނުން ލިބޭނެ ކަމަށްވެސް ބުންޏެވެ.
އަލީ ޔާމިން
ސާކް
ސާކް
ސާކް
ސާކް
ކޮމެންޓް