އެނާޖީ ސެކިއުރިޓީ އިމަޖެންސީ އެސިސްޓެންސް ޕްރޮޖެކްޓް ހިންގުމަށްޓަކައި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އާއި ދިވެހި ސަރުކާރާ ދެމެދު 50 މިލިއަން އެމެރިކާ ޑޮލަރުގެ ލޯނު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް މިނިސްޓަރު ހަސަން ޒަރީރެވެ. އަދި މި ޕްރޮޖެކްޓުގެ އެގްރީމަންޓުގައި އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަދި ޗީފް އެގްޒެކެޓިވް އޮފިސަރު ޝިމާދު އިބްރާހީމެވެ.
އޭޑީބީގެ ފަރާތުން މި ދެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ބޭންކުގެ ރީޖަނަލް ހެޑް އޮފް ރީޖަނަލް ކޯޕަރޭޝަން އެންޑް އިންޓިގްރޭޝަން ޔުނިޓް، ޑރ. ތިއަމް ހީ އަންގް އެވެ. މި ރަސްމިއްޔާތުގައި ފިނޭންސް މިނިސްޓްރީ އާއި އެސްޓީއޯ އަދި އޭޑީބީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ފިނޭންސް މިނިސްޓްރީން ބުނީ މި މަޝްރޫއުގެ މައިގަނޑު މަގުސަދަކީ މެދުއިރުމަތީގެ މަޝްރަހަށް އަންނަ ބަދަލުތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ދައުލަތުގެ ބަޖެޓަށް ލިބޭ ލުޔެއްގެ ގޮތުން، ތެލަށް ކުރަންޖެހޭ ހޭދައަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.
މިއީ މަލްޓިލެޓަރަލް ފައިނޭންޝަލް އިދާރާތަކުން ކޮންސެޝަނަލް އުސޫލުން ފައިނޭންސް ހޯދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހަމަޖެހުނު ފެސިލިޓީއެއް ކަމަށާއި މިފަދަ ކޮންސެޝަނަލް ފެސިލިޓީތަކުގެ ސަބަބުން ސަރުކާރުގެ ދަރަނި ދެމެހެއްޓެނިވި މިންގަނޑެއްގައި ހިފެހެއްޓުމަށް އެހީތެރިވެދޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
އޭޝިއަން ޑިވެލޮޕމެންޓް ބޭންކް
އޭޝިއަން ޑިވެލޮޕމެންޓް ބޭންކް
އޭޝިއަން ޑިވެލޮޕމެންޓް ބޭންކް
ކޮމެންޓް