ޕާކިސްތާނުގެ 79 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި، އެ ގައުމުގެ ރައީސް އާސިފް އަލީ ޒަރްދާރީއަށާއި ބޮޑުވަޒީރު މުހައްމަދު ޝެހްބާޒް ޝަރީފަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަކިވަކިން ތަހުނިޔާގެ ސިޓީފުޅު ފޮނުއްވައިފިއެވެ.
މި ސިޓީފުޅުތަކުގައި ރައީސް ވަނީ ޕާކިސްތާނުގެ ލީޑަރުންނަށާއި، ސަރުކާރަށް އަދި އަހުވަންތަ ރައްޔިތުންނަށް ދުވަހުގެ ހެޔޮއެދުންތައް އަދާކުރައްވައިފައެވެ.
ރައީސް އޮފީހުން ބުނީ ޕާކިސްތާނުގެ ރައީސް ޒަރްދާރީއަށް ފޮނުއްވި ސިޓީފުޅުގައި، ދެ ގައުމުގެ މެދުގައި އޮންނަ ޒަމާންވީ ރަހުމަތްތެރިކަމުގެ ގުޅުމަށް ރާއްޖެއިން ދޭ އަހަންމިއްޔަތުކަން ރައީސް ފާހަގަކުރެއްވި ކަމަށާއި އަދި ތަފާތު ދާއިރާތަކުން ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތްޕުޅު ކުރައްވާނެކަމުގެ ޔަގީންކަން ދެއްވި ކަމަށެވެ.
ބޮޑުވަޒީރު ޝެހްބާޒް ޝަރީފަށް ފޮނުއްވި ސިޓީފުޅުގައި، ރާއްޖެއާއި ޕާކިސްތާނާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރުން ރައީސް ފާހަގަކުރެއްވި ކަމަށާއި އަދި ކުރިއަށް އޮތް އަހަރުތަކުގައި ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް އެ މަނިކުފާނު ފާހަގަކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ސިޓީފުޅުތައް ނިންމަވައިލައްވަމުން ރައީސް ވަނީ ޕާކިސްތާނުގެ ރައީސާއި ބޮޑުވަޒީރަށް ފުރިހަމަ ސިއްހަތާއި ދުޅަހެޔޮކަމަށް އެދިވަޑައިގެންފައެވެ. އަދި އެ ގައުމުގެ ރައްޔިތުންނަށް ތާއަބަދުގެ ކުރިއެރުމާއި ފާގަތިކަމަށް އެ މަނިކުފާނު އެދިވަޑައިގެންނެވިއެވެ.
މީގެ އިތުރުން، ރައީސް ވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވެސް ޕާކިސްތާން މިނިވަން ދުވަހުގެ މުނާސަބަތުގެ ތަހުނިޔާގެ ޝުއޫރުތައް ހިއްސާކުރައްވައިފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކޮމެންޓް