ހޯމްލޭންޑު ސެކިއުރިޓީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ފައިރޫޝް އިސްތިއުފާ ދެއްވައިފިއެވެ.
އެސިސްޓެންޓު ކޮމިޝަނަރު އޮފް ޕޮލިސްކަން ކުރެއްވި ފައިރޫޝް، އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރަނގަޅަށް ވިސްނެވުމަށް ފަހު، މަގާމުން އިސްތިއުފާ ދެއްވަން ނިންމެވީ ކަމަށެވެ. އަދި މިއީ، ސަރުކާރުގެ ވަޒީފާތައް އަދާކުރުމުގެ ބާބު ނިމުމަކަށް ގެންނަން އެންމެ ރަނގަޅު ވަގުތު ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ ހިދުމަތް ކުރުމުގެ ފުރުސަތު ލިބުމުން ޝުކުރުވާ ކަމަށާއި މި ދަތުރުގައި ލިބުނު އެކުވެރިން އަދި އިދާރާތަކަށް ޝުކުރުދަންނަވާ ކަމަށެވެ.
މި ސަރުކާރުގައި ފައިރޫޝް އެންމެ ފުރަތަމަ އައްޔަންކުރެއްވީ ހަޔާ އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަކަށެވެ. ނަމަވެސް 2024 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 24 ވަނަ ދުވަހު ވަނީ ހޯމްލޭންޑްގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަންކޮށްފައެވެ. މިއަދާ ޖެހެންދެން ވެސް އޭނާ ހުންނެވީ އެ މަގާމުގައެވެ.
ފުލުހުންގެ އިސް މަގާމުތަކެއް ފުރުއްވާފައިވާ ފައިރޫޝް، ފުލުހުންގެ ހިދުމަތުން ރިޓަޔާ ކުރެއްވީ 2021 ޖެނުއަރީގައެވެ. ރިޓަޔާކުރެއްވުމުގެ ކުރިން އެންމެ ފަހުން ހުންނެވީ އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމުގައެވެ.
މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ
މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ
މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ
މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ
ކޮމެންޓް