ދިރާގު ރޯޑް ރޭސްގައި ރަޖިސްޓްރީވާ ފަރާތްތަކުން އެންމެ ގިނައިން ނޮމިނޭޓް ކުރާ ފަސް އެންޖީއޯއަކަށް ދެ ލައްކަ ރުފިޔާގެ ހާއްސަ ޑޮނޭޝަންއެއް ދިނުމަށް ނިންމާފައިވާ ކަމަށް އެކުންފުނިން ބުނެފިއެވެ.
ދިރާގު ހެޑް އޮފީހުގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި އެކުންފުނިން ބުނީ ދިރާގު ރޯޑް ރޭސް އަބަދު ވެސް އިހުތިޔާރު ކުރަނީ މުހިންމު އިޖުތިމާއީ ހަރަކާތްތަކަށް ކަމަށެވެ.
"ރޭސް ރަޖިސްޓްރޭޝަން ހުޅުވިގެންދާ އިރު ކޮންމެ ދުވުންތެރިއެއް ވެސް ރަޖިސްޓާ ކުރާއިރު އެފަރާތްތެއް އިހުތިޔާރު ކުރާ އެންޖީއޯއެއް ނޮމިނޭޓް ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ. ކުރީ އަހަރުތަކެކޭވެސް އެއްގޮތަށް މި އަހަރުވެސް ރޭސް ހާއްސަކުރަނީ ކުޑަކުދިން ހިމާޔަތްކުރުމާއި ރައްކާތެރިކަމަށް. އެގޮތުން ކުޑަކުދިންގެ ހައްގުތަކާ ގުޅޭ ވަރަށް ގިނަ އެންޖީއޯތަކާ ގުޅިގެން މި ރޭސް ބާއްވަނީ،" ދިރާގުން ބުންޏެވެ.
މި ދެ ލައްކަ ރުފިޔާގެ އިތުރަށް ރެޖިސްޓްރޭޝަން ކިޓްތަކުން 100 ރުފިޔާ އަދި ސްޕެޝަލް ބިބްތަކުން ލިބޭ ހުރިހާ ފައިސާއެއް 12 އެންޖީއޯތަކުގެ މެދުގައި ބަހާލެވޭނެ ކަމަށް ދިރާގުން ބުންޏެވެ. އަދި އެ އެންޖީއޯތަކުން ރާވާފައިވާ ކަންކަމަށް އެއްބާރުލުން ދޭނެ ކަމަށްވެސް އެކުންފުނިން ބުންޏެވެ.
"ހާއްސަކޮށް ކުޑަކުދިން ހިމާޔަތް ކުރުމަށް އެ ބޭފުޅުން ރާވާފައިވާ ކަންތައްތަކަށް އެއްބާރުލުން ދިނުން. މިދިޔަ އަހަރުވެސް ގާތްގަނޑަކަށް ހަ ލައްކަ އަށްޑިހަހާހަށް ވުރެއިން ގިނަ އަދަދެއްގެ ފައިސާ އެންޖީއޯތަކަށް ހަދިޔާ ކުރެވުނު. އެހެންވީމަ މި އަހަރުވެސް އެކަށީގެންވާ އަދަދެއް އެންޖީއޯތަކަށް ހަދިޔާކުރެވޭނެ ކަމަށް. ރޭސް އޮންނަ ދުވަހުވެސް އެންޖީއޯތަކަށް ސްޓޯލްތައް މެދުވެރިކޮށްވެސް ހޭލުންތެރިކަން އިތުރުކުރުމުގެ އެކިއެކި ކަންކަން ކުރިޔަށްގެންދިއުމުގެ ފުރުސަތު އޮންނާނެ،" ދިރާގުން ބުންޏެވެ.
މި ރޭހަކީ ސިންގަލް ޔޫސް ޕްލާސްޓިލް އިވެންޓެއްކަމުން ރޭސް ރޫޓްތަކުގައި ވޯޓާ ސްޓޭޝަންސްތައް ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. އެ އިނިޝިއޭޓިވްގެ ދަށުން ގާތްގަނޑަކަށް 18 ހާސް ސިންގަލް ޔޫސް ޕްލާސްޓިކް މަދުކުރެވޭނެ ކަމަށްވެސް އެކުންފުނިން ބުންޏެވެ.
ރޭހުގައި 4000 މީހުންނަށް ބައިވެރިވުމުގެ ފުރުސަތު ހުޅުލާފައިވާ ކަމަށާއި ނަމަވެސް ކުރީ އަހަރު ފަދައިން މި އަހަރުވެސް އިތުރު ފަރާތްތަކުން ބައިވެރިވާން ބޭނުންވާ ނަމަ އެ އަދަދު އިތުރުވުން އެކަށީގެންވާ ކަމަށް އެކުންފުނިން ބުންޏެވެ.
ފާތިމަތު ލިއުޝާ
ދިރާގު ރޯޑް ރޭސް
ދިރާގު ރޯޑް ރޭސް
ދިރާގު ރޯޑް ރޭސް
ކޮމެންޓް