ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން މި އަހަރުގެ ރޯދަ މަހާ ދިމާކޮށް "ރަން ފުރުސަތު" ގެ ނަމުގައި ހާއްސަ އިނާމުތަކެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.
ބީއެމްއެލުން މިއަދު ބުނީ އެ ޕްރޮމޯޝަން ކުރިއަށް ގެންދަނީ މިމަހުގެ 10 އިން ފެށިގެން މިއަހަރުގެ މާޗު މަހުގެ 16 ވަނަ ދުވަހުގެ ނިޔަަލަށް ކަމަށެވެ.
އެ ޕްރޮމޯޝަންގައި ހިމެނޭ ފިހާރަތަކުން އެ މުއްދަތުގައި ވިޔަފާރި ކޮށްގެން ކޮންމެ ހަފުތާއަކު އިނާމެއް ލިބެން ހުންނާނެކަމަށް ބީއެމްއެލުން ބުންޏެވެ. އަދި އެ ޕްރޮމޯޝަން ނިމުމުން ބޮޑު އިނާމެއް ހޯދުމުގެ ފުރުސަތު ލިބޭނެކަމަށް ބީއެމްއެލުން ބުންޏެވެ.
ޕްރޮމޯޝަންގައި ބައިވެރިވެވޭނީ ބީއެމްއެލްގެ ކާޑު މެޝިން، ސްޓެޓިކް ކިއުއާރް ކޯޑު ނުވަަތަ ބީއެމްއެލް ޕޭމަންޓު ގޭޓްވޭ މެދުވެރިކޮށް ކުރާ މުއާމަލާތްތަކަށް އެކަނިކަމަށް ބީއެމްއެލުން ބުންޏެވެ.
ބީއެމްއެލުން ބުނީ އެ ޕްރޮމޯޝަންގެ މުއްދަތުގައި ކޮންމެ ހަފުތާއަކުވެސް ފަސް ނަސީބުވެރިއަކަށް 2،000 ރުފިޔާގެ ގިފްޓް ކާޑެއް ހޯދުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ. ޕްރޮމޯޝަންގައި ބައިވެރިވާ ފިހާރަތަކުން ކޮންމެ ހަފުތާއަކުވެސް ޖުމްލަ 500 ރުފިޔާގެ ވިޔަފާރި ކުރާ ފަރާތްތައް ގުރުއަތުގައި ބައިވެރިކުރާނެކަމަށް ބީއެމްއެލުން ބުންޏެވެ.
ޕްރޮމޯޝަން ނިމުމުން ގުރުއަތުން ހޮވާ ނަސީބުވެރިއަކަށް ބޮޑު އިނާމުގެ ގޮތުގައި 100،000 ރުފިޔާގެ ގިފްޓް ކާޑެއް ލިބޭނެކަމަށް ބީއެމްއެލުން ބުންޏެވެ. 100،000 ރުފިޔާ ލިބޭ ގުރުއަތުގައި ބައިވެރިވޭނީ ޕްރޮމޯޯޝަންގެ މުއްދަތުގައި 10،000 ރުފިޔާގެ ވިޔަފާރިކުރާ ފަރާތްތަކަށްކަމަށް ބީއެމްއެލުން ބުންޏެވެ.
މުހައްމަދު އިޝާން
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް