އއ. އުކުޅަހުގައި މުޅިން އަލަށް ތަރައްގީކުރި އައުޓްޑޯ ވޮލީ ކޯޓް މިއަދު ހުޅުވައިފިއެވެ.
ކުދި ޖަޒީރާ ގައުމުތަކުގެ އޮޑިޓް އޮފީސްތަކުގެ މަހާސިންތާ ޝަރަފުވެރިކޮށްދެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު، އއ. އުކުޅަހަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ މަނިކުފާނު ވަނީ މި ވޮލީ ކޯޓް ހުޅުއްވައިދެއްވައިފައެވެ.
ވޮލީ ކޯޓު ހުޅުވުމުގެ މި ރަސްމިއްޔާތުގައި ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އާއި ސަރުކާރުގެ އެކި މިނިސްޓްރީތަކާއި ކުންފުނިތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. ވޮލީ ކޯޓު ހުޅުވުމަށްފަހު އެކުވެރިކަމުގެ ވޮލީ މެޗެއްވެސް މިއަދު ވަނީ ކުޅެފައެވެ.
އުކުޅަހުގައި ތަރައްގީކުރި ވޮލީ ކޯޓުގެ މަސައްކަތް ޕްރޮކްސީ ގުރޫޕް ޕްރައިވެޓް ލިމިޓެޑުން ނިންމާލާފައިވަނީ މަހެއްހާ ދުވަހުގެ ތެރޭގައެވެ. އަތޮޅުތެރޭގެ އެކި ރަށްރަށުގައި ވޮލީ ކޯޓުތައް ތަރައްގީ ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން މިހާރުވެސް 10 ރަށެއްގައި ވޮލީ ކޯޓު ހެދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.
އއ. އުކުޅަސް
އއ. އުކުޅަސް
އއ. އުކުޅަސް
އއ. އުކުޅަސް
ކޮމެންޓް