ހޮރުމުޒް ކަނޑުއޮޅިން އެތެރެވާ އުޅަނދުތައް ކޮންޓްރޯލްކޮށް، ބޭރުވާ އުޅަނދުތަކަށް ފާރަވެރިވުމަށް އީރާނުން އާ އުސޫލުތަކެއް ހުށަހަޅައިފިއެވެ. ރޮއިޓާސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އޮމާނާއެކު ކުރިއަށްދާ މަޝްވަރާތަކުގައި މިކަން ހާމަކުރެއްވީ އީރާނުގެ އިސް އޮފިޝަލެކެވެ.
އެ އޮފިޝަލާ ހަވާލާދީ ރޮއިޓާސްއިން ބުނި ގޮތުގައި، ވަގުތީ ގޮތުން އަމަލުކުރަން އީރާނުން ހުށަހަޅާފައިވާ ޕްލޭންގެ ދަށުން، ކަނޑުއޮޅިން އެތެރެވާ އުޅަނދުތަކުގެ ފުރިހަމަ ކޮންޓްރޯލް އޮންނާނީ އީރާނަށެވެ. އަދި ބޭރުވާ އުޅަނދުތައް ދަތުރުކުރާނީ އީރާނާއި އޮމާނާ ދެމެދުގައިވާ މަގަކުން ކަމަށާއި، އެ އުޅަނދުތަކަށް އޮމާނުން ކްލިއަރެންސް ދޭނީ އީރާނަށް އެންގުމަށްފަހު ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން، ބޭނުންވެއްޖެ ހިނދެއްގައި ބޭރުވާ އުޅަނދުތަކަށް ހުރަސްއެޅުމުގެ ބާރުވެސް އީރާނަށް އޮންނަން ޖެހޭނެ ކަމަށް އެ ހުށަހެޅުމުގައިވެއެވެ.
މި މައްސަލައިގައި އޮމާނުން ވަނީ ކަނޑުއޮޅީގެ ދަތުރުފަތުރުގެ ކަންކަން ދެ ގައުމުގެ މެދުގައި ހަމަހަމައަށް ބަހާލައިގެން މެނޭޖުކުރުމަށް ހުށަހަޅައިފައެވެ. ނަމަވެސް، ސަރަހައްދީ ހަމަހަމަ މެނޭޖްމަންޓެއް ގާއިމުކުރުމަށް އޮމާނުން ހުށަހެޅި މި ހުށަހެޅުން އީރާނުން ގަބޫލުކޮށްފައެއް ނުވެއެވެ.
ހޮރުމުޒް ކަނޑުއޮޅިއަކީ ދުނިޔޭގެ ތެލުގެ ސަޕްލައިގެ ފަސްބައިކުޅަ އެއްބައި ދަތުރުކުރާ މައި މަގެވެ.
ރޮއިޓާސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ފެބްރުއަރީ މަހުގެ ފަހުކޮޅުން ފެށިގެން މި ކަނޑުއޮޅީގެ ދަތުރުފަތުރުތަކަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައެވެ. އަދި މި މައްސަލައަކީ އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ކުރާ މަސައްކަތްތަކުގައި އޮތް އެންމެ ބޮޑު މައްސަލަ ކަމަށްވެސް އެ ނޫހުން ބުނެފައިވެއެވެ.
ރޮއިޓާސްގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ކަނޑުއޮޅީގެ ކޮންޓްރޯލާ ގުޅޭގޮތުން އީރާނުން ހުށަހަޅާފައިވާ މި އިންތިޒާމަކީ، އެ ސަރަހައްދުގެ އާންމު ދަތުރުފަތުރު އަލުން އިއާދަކުރުމަށް އޮތް އެންމެ ބޮޑު ހުރަހަށް ވުމަކީ އެކަށީގެންވާ ކަމެކެވެ.
ހޮރްމުޒް ކަނޑުއޮޅި
ހޮރްމުޒް ކަނޑުއޮޅި
ހޮރްމުޒް ކަނޑުއޮޅި
ހޮރްމުޒް ކަނޑުއޮޅި
ކޮމެންޓް