ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބާއްވާ 80 ވަނަ ވޯލްޑް ހެލްތު އެސެމްބްލީގެ އެވޯޑްތަކަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.

ހެލްތް މިނިސްޓްރީން މިއަދު ކުރި އިއުލާނުގައި ވަނީ ފަސް ކެޓަގަރީއެެއް ހިމަނައިފައެވެ.

ކެޓަގަރީތައް؛

  • ސަސަކަވާ ހެލްތު ޕްރައިޒް
  • ޔުނައިޓެޑް އަރަބް އެމިރޭޓްސް ހެލްތު ފައުންޑޭޝަން ޕްރައިޒް
  • ސްޓޭޓް އޮފް ކުވައިތު ހެލްތު ޕްރޮމޯޝަން ފައުންޑޭޝަން، "ހިޒް ހައިނެސް ޝައިހް ސަބާހް އަލް-އަހްމަދް އަލް-ޖާބިރް އަލް-ސަބާހް ޕްރައިޒް ފޮ ދަ ޕްރޮމޯޝަން އޮފް ހެލްތީ އޭޖިން"
  • ޑރ. ލީ ޖޮންގ-ވޫކް މެމޯރިއަލް ޕްރައިޒް ފޮ ޕަބްލިކް ހެލްތު.
  • ނެލްސަން މަންޑެލާ އެވޯޑު ފޮ ހެލްތު ޕްރޮމޯޝަން.

އޭގެ ތެރެއިން ކޮންމެ އިނާމަކަށްވެސް މެމްބަރު ގައުމަކުން ހުށަހެޅެނީ އެއް ފަރާތެއްގެ ނަމެެވެ. ނަން ހުށަހަޅާއިރު އެފަރާތްތަކުން ކޮށްފައިވާ މަސައްކަތްތަކާއި ހުށަހަޅާ ލިޔެކިޔުންތަކަށް ރިއާޔަތްކުރެވޭނެ ކަމަށް ހެލްތުން ބުނެއެވެ.

އެ އިނާމުތަކަށް ކުރިމަތިލުމަށް ޝައުގުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމް ފުރިހަމަކުރުމަށްފަހު އަންނަ މަހުގެ، 30ވާ ބުދަ ދުވަހުގެ 12:00ގެ ކުރިން ހެލްތް މިނިސްޓްރީގެ ޕޮލިސީ އިމްޕްލިމަންޓޭޝަން އެންޑް އިންޓާނޭޝަނަލް ރިލޭޝަންސް ޑިވިޒަނަށް އެޑްރެސްކޮށް ފޯމު ހުށަހަޅަން ޖެހެއެވެ.

އޭގެ އިތުރުން [email protected] މެދުވެރިކޮށްވެސް ފޯމު ހުށަހެޅިދާނެކަމަށް ހެލްތް އިން ބުނެއެވެ.

އެ އިނާމުތަކާބެހޭ އިތުރު މައުލޫމާތާއި އެޕްލިކޭޝަން ފޯމް https://apps.who.int/gb/awards ތިރީގައިވާ ލިންކް އިން ލިބޭނެ އެވެ. އިތުރު މައުލޫމާތު ސާފުކުރުމަށް ހެލްތް މިނިސްޓްރީގެ ޕޮލިސީ އިމްޕްލިމެންޓޭޝަން އެންޑް އިންޓާނޭޝަނަލް ރިލޭޝަންސް ޑިވިޒަން 3014375 އަށް ގުޅާލުމުން ލިބޭނެ ކަމަށް ހެލްތުން ބުންޏެވެ.