މިނިސްޓަރާ ކުރާ ސުވާލު ރައްޔިތުންގެ މަޖިލީހަށް އެޖެންޑާ ކުރުން ލަސްވުމަކީ ޒިންމާވާންޖެހޭ ކަމެއް ނޫން ކަމަށް މިނިސްޓާ އޮފް އިންފްރާ ސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް ޑރ. އަބްދުالله މުއްތަލިބް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، ބ. ކިހާދޫ ފެނާއި ނަރުދަމާގެ މަސައްކަތް ހަ މަސްދުވަހުން ނިންމައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު 13 އޮގަސްޓު 2025 ގައި ވިދާޅުވި ނަމަވެސް އެ މަސައްކަތް ކުރިއަށްނުދާ މައްސަލައިގައި ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
މިއަދުގެ ޖަލްސާގައި މިނިސްޓަރާ ސުވާލު ކުރައްވަމުން މެންބަރު މައުރޫފު ވިދާޅުވީ، އެ ސުވާލަކީ އަށެއް ސެޕްޓެމްބަރު 2025 ގައި ވަޒީރާ ކުރަން ހުށަހެޅުއްވި ސުވާލެއް ކަމަށެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، މެންބަރު ވިދާޅުވި ގޮތަށް، އެ ސުވާލަކީ ސެޕްޓެމްބަރު މަހު ކުރަން ފޮނުއްވާފައިވާ ސުވާލެއް ކަމަށެވެ.
ނަމަވެސް "ތިބޭފުޅުންގެ ސުވާލުތަކުގެ އަދަދު ގިނަވީމަ ކިއުގަ މަޖިލީހުގައި އެޖެންޑާ ކުރާ ގޮތް ލަސްވުމަކީ އެއީ އަޅުގަނޑު ޒިންމާވާންޖެހޭ ކަމެއް ނޫން،" ކަމަށެވެ.
އިބްރާހިމް ޒަކީ
ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބު
ކޮމެންޓް