އެމެރިކާއާއި އީރާނާ ދެމެދު ސޮއިކޮށްފައިވާ ފަހުމުނާމާއަށް އަމަލުކުރުމަށް އެމެރިކާއަށް މަޖުބޫރުކުރުވަން ޖެހޭނެ ކަމަށާއި، އެއީ އީރާނުގެ މުސްތަގުބަލުގެ ހާރިޖީ ގުޅުންތަކުގެ މައިގަނޑު ބިންގާ ކަމަށް އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ވިދާޅުވެއްޖެއެވެ.
ޕެޒެޝްކިއަން މިހެން ވިދާޅުވީ އެކްސްގައި އާންމުކުރެއްވި ޕޯސްޓެއްގައެވެ. އޭނާ ވިދާޅުވި ގޮތުގައި، މި ފަހުމުނާމާއަކީ އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ މެންބަރުންގެ އިއްތިފާގުން ނިންމާފައިވާ ނިންމުމެކެވެ. އަދި މުސްތަގުބަލުގައި އީރާނުގެ ހާރިޖީ ގުޅުންތައް ބިނާވެފައި އޮންނާނީ މި އެއްބަސްވުމުގެ މައްޗަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
“ދުޝްމަނުން ސޮއިކުރި ލިޔުމަށް އަމަލުކުރުމަށް މަޖުބޫރުކުރުވުމަށް އަހަރެމެން މަސައްކަތްކުރަން ޖެހޭނެ،” ޕެޒެޝްކިއަން ވިދާޅުވިއެވެ.
މީގެ އިތުރުން، “މި ފަހުމުނާމާގެ ސަބަބުން އަހަރެމެންގެ ގައުމާއި، ސަރަހައްދުގެ އިތުރުން ބައިވެރިންގެ ސަލާމަތާއި ރައްކާތެރިކަން އިތުރުވެގެންދާނެ،”ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
އެމެރިކާއާއި އީރާނާ ދެމެދު މި ފަހުމުނާމާގައި ސޮއިކޮށްފައިވަނީ މިދިޔަ ޖޫން މަހުގެ 17 އަދި 18 ވަނަ ދުވަހުއެވެ. ޕާކިސްތާން މެދުވެރިވެގެން އެކުލަވާލި މި އެއްބަސްވުމުގެ މައިގަނޑު މަގުސަދަކީ ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ ހަމަނުޖެހުންތައް ހުއްޓާލައި، ދާއިމީ ސުލްހައިގެ އެއްބަސްވުމަކަށް ދިއުމަށް 60 ދުވަހުގެ މުއްދަތެއް ދިނުމެވެ. މީގެ ތެރޭގައި ހޮރުމުޒް ކަނޑުއޮޅި އަލުން ހުޅުވުންވެސް ހިމެނެއެވެ.
ނަމަވެސް، ފަހަކަށް އައިސް ދެ ގައުމުގެ ދެމެދުގައި އަނެއްކާވެސް ވަނީ ހަމަލާތައް ބަދަލުކުރަން ފަށައިފައެވެ. އީރާނުގެ ރައީސް މިފަދައިން ވިދާޅުވެފައިވާއިރު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާނާއެކު އަލުން މަޝްވަރާތައް ފެށުމަށް ހުށަހަޅުއްވައިފައެވެ. އަދި ހޮރުމުޒް ކަނޑުއޮޅި ހުޅުވާލުމާއި، ސަރަހައްދީ ހަމަލާތައް ހުއްޓާލުމާ ގުޅޭގޮތުން ދެ ގައުމުގެ ދެމެދުގައި މިހާރުވެސް ދަނީ އޮމާން މެދުވެރިކޮށް މަޝްވަރާކުރަމުން ކަމަށް އެސޯސިއޭޓެޑް ޕްރެސް (އޭޕީ) އިން ރިޕޯޓުކޮށްފައިވެއެވެ.
އިރާން
އިރާން
އިރާން
އިރާން
ކޮމެންޓް