މިއަދު 50 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން ވައިޓް އެލާޓް ނެރެފިއެވެ.
މެޓް އޮފީހުން މިއަދުގެ 14:25ގައި ވައިޓް އެލާޓް ނެރެފައިވަނީ ނ. އަތޮޅުން ވ. އަތޮޅަށެވެ.
އެ އިދާރާއިން ލަފާކޮށްފައިވަނީ 14:30 އިން 19:00 އަށް ގަޑިއަކު 19 މޭލާ 24 މޭލާ ދެމެދު ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިދަވެ ކަނޑުތައް ގަދަވާނެ ކަމަށެވެ.
އޭގެ އިތުރުން މިއަދުގެ 11:45 އިން 18:00 އަށް، ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 19 މޭލާ 24 މޭލާ ދެމެދު ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށްފައިވެއެވެ.
އަދި ރާޅުގެ އުސްމިނުގައި ހަތަރު ފޫޓާއި ހަތް ފޫޓް ހުންނާނެ ކަމަށް ލަފާކޮށްފައިވާ އިރު، ދަތުރު ކުރުމުގައި މޫސުމަށް ސަމާލުކަން ދިނުމަށް މެޓް އޮފީހުންނާއި ކަމާ ގުޅުންހުރި އިދާރާތަކުން އިލްތިމާސްކުރެއެވެ.
ފާތިމަތު ލިއުޝާ
ހުޅަނގު މޫސުން
ހުޅަނގު މޫސުން
ހުޅަނގު މޫސުން
ހުޅަނގު މޫސުން
ކޮމެންޓް