ކަރަން ޖޯހަރް ހުށަހަޅާ އެމެޒޯން ޕްރައިމްގެ ރިއަލިޓީ ޝޯ “ދަ ޓްރެއިޓާސް” ގެ ދެވަނަ ސީޒަންގައި ބައިވެރިވާ ފަންނާނުންގެ ނަންތައް ރަސްމީކޮށް އިއުލާންކޮށްފިއެވެ.
ޕްރައިމް ވީޑިއޯއިން ކަށަވަރުކޮށްދީފައިވާ ގޮތުގައި، މި ސީޒަންގައި ޖުމްލަ 21 ބައިވެރިން ފެނިގެންދާނެއެވެ. މީގެ ތެރޭގައި ބޮލީވުޑްގެ ބަތަލާ ރިއާ ޗަކްރަބަތީ އާއި ޔޫޓިއުބަރު އަދި ކޮންޓެންޓް ކްރިއޭޓަރު އަބީޝެކް މަލްހާން (ފުކްރާ އިންސާން) ހިމެނެއެވެ.
މީގެ އިތުރުން މުނައްވަރު ފާރޫގީ، މަލިކާ ޝެރާވަތު، ޝްވޭތާ ތިވާރީ، ކްރިސްޓަލް ޑިސޫޒާ، ރަންވީރު ބްރާރް، ޝާލިނީ ޕާސީ، ދަލީޕް ތާހިލް، ޕާރުލް ގުލާޓީ، ޝަހްނީލް ގިލް، ރިދާ ތަރާނާ، ތާނިޔާ ޕޫރީ، އިއްކާ، ހަރްމަން ސިންގާ، ސައުންޑަސް މޫފާކިރް، އަންޝް ޗޯޕްރާ، ކުއްލޫ، ކަރަން ސިންގް މެޖިކް، ސާހިލް ސަލާތިއާ އަދި ޕްރިޝް ހިމެނޭ ކަމަށް އެމެޒޯން ޕްރައިމްއިން ބުނެފައިވެއެވެ.
މި ޝޯއާ ގުޅޭގޮތުން މީޑިއާތަކުގައި އެކިގޮތަށް އަޑުތައް ފެތުރިފައިވާއިރު، ބައެއް ނަންތަކަކީ ހަމައެކަނި ހުސްވާހަކައެއް ކަން ވަނީ ހާމަވެފައެވެ. އިންޑިއާގެ ނޫސްތަކާއި ރެޑިޓް ފަދަ ޕްލެޓްފޯމްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، “ބިގް ބޮސް”ގެ ކުރީގެ ކާމިޔާބު ބައިވެރިން ކަމަށްވާ އެލްވިޝް ޔާދަވް އާއި ރޫބީނާ ދިލައިކް އަދި އެކްޓަރު ސަންޖޭ ކަޕޫރު ވެސް މި ޝޯއިން ފެންނާނެ ކަމަށް ކުރިން ބެލެވުނެވެ. ނަމަވެސް ޕްރައިމް ވީޑިއޯއިން އާންމުކުރި ރަސްމީ ލިސްޓުގައި މި ފަންނާނުންގެ ނަންތައް ހިމެނިފައެއް ނުވެއެވެ.
މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ޝޯ ޕްރިމިއާ ކުރުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 13 ގައެވެ.
ޕްރައިމް ވީޑިއޯ
ކޮމެންޓް