މަލްޓި ޔޫތު އެސޯސިއޭޝަން އޮފް ތުލުސްދޫ (މިޔަޓް) އިން އިންތިޒާމު ކޮށްގެން ބާއްވާ ކ. އަތޮޅުގެ އެންމެ ބޮޑު އެއް ކުޅިވަރު ހަރަކާތް، މިޔަޓް ސްޕޯޓްސް ފިއެސްޓާގެ އެންމެ ފުރަތަމަ އިވެންޓް، މިޔަޓް ފުޓްސަލް ޗެލެންޖް މިރޭ ފަށައިފިއެވެ.
ކ. ތުލުސްދޫގެ ފުޓްސަލް ދަނޑުގައި ކުލަގަދަ ހަރަކާތްތަކަކާއެކު މުބާރާތް މިރޭ ފެށި އިރު، މުބާރާތް ޝަރަފުވެރިކޮށްދެއްވީ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސް އަހުމަދު ޝިޔާމެވެ. ހޭވައްލާ ބޮޑުބެރު ގްރޫޕްގެ ސަގާފީ ހަރަކާތްތަކަކާއެކު މިރޭ މުބާރާތް ހުޅުވިގެން ދިޔަ އިރު، ފެށުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ މަޝްހޫރު ފުޓްސަލް ކުޅުންތެރިޔާ އަޔާޒް އަހުމަދު (އަޔާ) އާއި އަންހެން ފުޓުބޯޅަ އަދި ފުޓްސަލްގައި ފާހަގަކޮށްލެވޭ ފާތިމަތު ޝާލިއާ ބައިވެރިވެފައިވެއެވެ.
މިއީ މިޔަޓް ފުޓްސަލް ޗެލެންޖް ކުރިއަށްދާ ހަވަނަ ފަހަރެވެ. ކ. އަތޮޅުގެ އެންމެ ޝަރަފުވެރި، އެންމެ އަގުބޮޑު މުބާރާތް މިފަހަރު އެނބުރި އައިސްފައި ވަނީ ޖުމުލަ ނުވަ ޓީމަކާއެކުގައެވެ. ޗެމްޕިއަން ޓީމަށް މިއަހަރު ވެސް 75،000 ރުފިޔާގެ ފައިސާގެ އިނާމު ހުށަހަޅާފައިވާ އިރު، ގްރޫޕް އޭގައި މިރޭ ފުރަތަމަވެސް ކުޅުނީ އެންމެފަހުން ދެ އަހަރުގެ ޗެމްޕިއަން ދިއްފުށި އެފްޓީއާއި އެޕޮކަލިޕިްސް އެސްސީއެވެ.
ތަރިންނާއެކު މުބާރާތަށް ނުކުތް އެޕޮކަލިޕްސް އެސްސީ މެޗުން މޮޅުވީ 2-0 އިންނެވެ.
ވާދަވެރިކޮށް ދާނެ ކަމަށް ކުރިންވެސް ބެލެވިފައި އޮތް މެޗު ފެށިގެން ދެވަނަ މިނެޓުގައި ހުސައިން ޝަރީފް (އޮންލީ) ވަނީ މެޗުގެ ލީޑު ނަގައިފައެވެ. އޭގެފަހުންވެސް އޮންލީގެ ތަފާތު މެޗުގައި ފެނިގެން ދިޔަ އިރު، އެޕޮކަލިޕްސް އެސްސީއަށް މެޗުން ތިން ޕޮއިންޓް ޔަގީން ކޮށްދިނީ މުހައްމަދު ވިލްފް ޖެހި ދެވަނަ ގޯލާވެސް އެކުގައެވެ.
މެޗުގެ މޮޅު ކުޅުންތެރިޔަކީ އެޕޮކަލިޕްސްގެ އޮންލީއެވެ.
މިޔަޓް ސްޕޯޓްސް ފިއެސްޓާގައި މިފަހަރު ޔުނިޓީ ރަންއެއްގެ އިތުރުން އަންހެން ފުޓްސަލް މުބާރާތެއްވެސް ކުރިއަށްދާ އިރު، ޔުނިޓީ ރަން އޮންނާނީ މާދަމާ ހަވީރުއެވެ. އަދި މާދަމާ ރޭ މިޔަޓް ފުޓްސަލް ޗެލެންޖްގެ ގްރޫޕް ސްޓޭޖު އިތުރު ތިން މެޗެއް ކުޅެވޭނެއެވެ.
މާދަމާ ރޭގެ މެޗުތައް
20:30 ބްލެކް އީގަލްސް - ކަންމަތި އެފްސީ
21:30 ވަލިއަންޓް އެސްސީ - އެކްސް ބޯއީޒް
22:30 އެޕޮކަލިޕްސް އެފްސީ - ދިއްފުށި އެފްޓީ
މުޙައްމަދު ޝަމްޢޫން
މިޔަޓް ފުޓްސަލް ފިއެސްޓާ
މިޔަޓް ފުޓްސަލް ފިއެސްޓާ
މިޔަޓް ފުޓްސަލް ފިއެސްޓާ
މިޔަޓް ފުޓްސަލް ފިއެސްޓާ
ކޮމެންޓް