އުރީދޫގެ 21 ވަނަ އަހަރީ ދުވަހާ ގުޅިގެން ކަސްޓަމަރުންނަށް ޓްރޫކޯލާ ޕްރިމިއަމް އަދި ހާއްސަ އޮފާތަކެއް ތައާރަފުކޮށްފިއެވެ.

އުރީދޫ ހެޑް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުންފުނިން ވަނީ އެ އޮފާސްތަކާ ގުޅޭ މައުލޫމާތު ހިއްސާކޮށްފައެވެ.

އުރީދޫއިން ބުނީ ދިވެހިން މުއާމަލާތްކުރުމާއި، މަސައްކަތްކުރުމާއި، ދިރިއުޅުމުގެ ވައްޓަފާޅިއަށް އިންގިލާބީ ބަދަލުތަކެއް ގެނެސްދެމުންދާ އޫރީދޫ މޯލްޑިވްސްގެ 21 ވަނަ އަހަރީ ދުވަސް އަންނަ އޮގަސްޓު މަހުގެ ފުރަތަމަ ދުވަހު ފާހަގަކުރާނީ ފަހުރުވެރިކަމާއެކުގައި ކަމަށެވެ.

"ރާއްޖޭގައި 21 އަހަރު ފުރުން ފާހަގަކުރާއިރު، އަޅުގަނޑުމެން ފާހަގަކުރަނީ ކަސްޓަމަރުން އަޅުގަނޑުމެންނަށް ކުރި އިތުބާރާއި އެކުގައި ކުރެވުނު ކާމިޔާބު ދަތުރު. އަޅުގަނޑުމެން ހޯދާފައިވާ ކޮންމެ ކާމިޔާބީއެއްގެ ފަހަތުގައިވަނީ ދިވެހި ރައްޔިތުންނާއި، އަޅުގަނޑުމެންގެ ޕާޓްނަރުންނާއި، އިހްލާސްލާސްތެރި މުވައްޒަފުން. އެކުގައި ހާސިލުކުރެވުނު ކަންކަމާމެދު ފަހުރުވެރިވާހިނދު، އަޅުގަނޑުމެންގެ އަމާޒު ހުރީ އީޖާދީ ވަސީލަތްތަކާއެކު ފުރިހަމަ، ރައްކާތެރި އަދި އެންމެން ބައިވެރިކުރާ ޑިޖިޓަލް މޯލްޑިވްސްއެއް ބިނާކުރުމުގެ މުސްތަގުބަލަށް." އޫރީދޫގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޝާދީ ގަވާސްމީ ވިދާޅުވިއެވެ.

30 ޖުލައި 2025، ހުޅުމާލެ، އުރީދޫގެ 21 ވަނަ އަހަރީ ދުވަހާއި ގުޅުވައިގެން ބޭއްވި ޕްރެސް ކޮންފަރެންސް --- ވަން ފޮޓޯ: ހަމްދާން އަހުމަދު

އެ ކާމިޔާބީ ފާހަގަކުރުމަށް އޯގަސްޓު މަހުގެ ތެރޭގައި އީޖާދީ އުފެއްދުންތަކަކާއި ހާއްސަ އަހަރީ އޮފާތަކެއް ތައާރަފުކުރުމަށް އެކުންފުނިން ވަނީ ނިންމާފައެވެ. އެއީ ކަސްޓަމަރުންގެ އަގުވަޒަންކުރުމާއެކު ރާއްޖެއަށް އާ ޑިޖިޓަލް ތަޖުރިބާތަކެއް ފޯރުކޮށްދިނުމުގެ ގޮތުން ތައާރަފުކުރާ އޮފާތަކެކެވެ.

ޓްރޫކޯލާ ޕްރީމިއަމް މިހާރު އޫރީދޫ މެދުވެރިކޮށް ނެގޭނެ:

  • އޫރީދޫ ހޮޅުއަށި މެދުވެރިކޮށް ސީދާ ޓްރޫކޯލާ ޕްރީމިއަމް ހިދުމަތް ތައާރަފުކުރުން.
  • އިތުރު ފައިސާ ދައްކާ ވަސީލަތެއް ބޭނުންނުކޮށް، އޫރީދޫ އެކައުންޓަށް ބިލްކުރެވޭ ގޮތަށް ކަސްޓަމަރުންނަށް މިހާރު ފަސޭހަކަމާއެކު ޓްރޫކޯލާ ޕްރީމިއަމް ސަބްސްކްރައިބް ކުރެވޭނެ.
  • އޮޅުވާލައިގެން ކުރާ ފޯން ކޯލްތަކާއި ސްޕޭމް ކޯލްތައް އިތުރުވަމުންދާއިރު، ޓްރޫކޯލާ ޕްރީމިއަމްއިން ކަސްޓަމަރުންނަށް ރައްކާތެރިކަން ފޯރުކޮށްދޭނެ.

އޭގެ ތެރޭގައި އެޑްވާންސްޑް ސްޕޭމް އަދި ސްކޭމް ރައްކާތެރިކަމާއި، ޕްރޮފައިލް ބަލާ މީހުންގެ މައުލޫމާތު، އިންކޮގްނިޓޯ މޯޑު، ކޮންޓެކްޓް ރިކުއެސްޓް، އިޝްތިހާރު ނުފެންނަ ގޮތް ހެދުމުގެ އިތުރުން ޕްރީމިއަމް ވެރިފިކޭޝަން ބެޖު ހިމެނޭނެކަމަށް އުރީދޫން ބުންޏެވެ.

30 ޖުލައި 2025، ހުޅުމާލެ، އުރީދޫގެ 21 ވަނަ އަހަރީ ދުވަހާއި ގުޅުވައިގެން ބޭއްވި ޕްރެސް ކޮންފަރެންސް --- ވަން ފޮޓޯ: ހަމްދާން އަހުމަދު

ޗައިލްޑްސޭފް ސާވިސް:

އާއިލާތަކަށް ރައްކާތެރި ޑިޖިޓަލް މާހައުލެއް ގާއިމުކޮށްދިނުމުގެ މަގުސަދުގައި، އޫރީދޫއިން ވަނީ ޝަރުތުހަމަވާ 5ޖީ އެއާފައިބާ ޕޭރެންޓަލް ކޮންޓްރޯލް "ޗައިލްޑްސޭފް" ހިދުމަތް ތައާރަފުކޮށްފައެވެ. އެ ހިދުމަތުގެ ސަބަބުން އިންޓަނެޓް ބޭނުންކުރާ މިންވަރު ކޮންޓްރޯލްކޮށް، ކުދިންނަށް ރައްކާތެރި އޮންލައިން މާހައުލެއް ގާއިމުކޮށްދިނުމުގެ އިތުރުން، ގޭގޭގައި ބޭނުންކުރާ ބްރޯޑްބޭންޑް ވަސީލަތްތަކުގައިވާ ޕޭރެންޓަލް ކޮންޓްރޯލް ފީޗާތައް އެންމެ ފުރިހަމައަށް ބޭނުންކުރުމުގެ ފުރުސަތު ލިބިގެންދާނެކަމަށް އުރީދޫއިން ބުންޏެވެ.

އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން، އަންނަ އޯގަސްޓު މަހުގެ ނިޔަލަށް އެ ހިދުމަތް މުޅިން ހިލޭ ލިބޭނެކަމަށް އުރީދޫން ބުންޏެވެ.

ހިލޭ 21 ޖީބީ ޑޭޓާ:

އަންނަ މަހުގެ ފުރަތަމަ ދުވަހު، ހުރިހާ ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް އޫރީދޫ ސުޕާ އެޕްގެ ސުޕާ ޑީލްސް ބައި މެދުވެރިކޮށް ހިލޭ 21 ޖީބީގެ ޑޭޓާ ޕެކެއް ހޯދޭނެއެވެ. މި އޮފާގެ މުއްދަތަކީ އެއް ދުވަހެވެ.

އޫރީދޫ x މާސްޓާކާޑު:

އޫރީދޫ ސުޕާ އެޕް މެދުވެރިކޮށް މާސްޓާކާޑު ބޭނުންކޮށްގެން 400 ރުފިޔާއަށްވުރެ މަތިން ވިޔަފާރިކުރާ ކަސްޓަމަރުންގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ފަރާތަކަށް ދެ މީހުންނަށް މެލޭޝިޔާއަށް ދެކޮޅު ޓިކެޓް ލިބޭނެއެވެ. މާސްޓާކާޑު ސޭވްކޮށްގެން ނުވަތަ އޮޓޯޕޭ އެކްޓިވޭޓްކޮށްގެން އިތުރު ފުރުސަތުތައް ހޯދޭނެއެވެ.

އޫރީދޫ x މޯލްޑިވިއަން:

400 ރުފިޔާއަށްވުރެ މަތިން ރީޗާޖްކުރާ ޕްރީޕެއިޑް ކަސްޓަމަރުންގެ މެދުގައި ނަގާ ގުރުއަތުން، މޯލްޑިވިއަނުން ސްޕޮންސާކުރާ ޑާކާއަށް ދެކޮޅު ޓިކެޓް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އޯގަސްޓު މަހުގެ ތެރޭގައި ކޮންމެ 10 ދުވަހަކުން ނަސީބުވެރިއަކު ހޮވާނެއެވެ.

ކްލަބް ޕްރިމިއާ x ހުއޯޕަން:

އޯގަސްޓު މަހުގެ ތެރޭގައި 1،000 ރުފިޔާއިން ފެށިގެން މަތީގެ ކްލަބް ޕްރިމިއާ ޕްލޭންތަކަށް ބަދަލުވާ ފުރަތަމަ 100 ކަސްޓަމަރުންނަށް މި އަހަރުގެ ނިޔަލަށް ބޭނުންކުރެވޭ 100 ރުފިޔާގެ ހުއޯޕަން އެޕް ޑިސްކައުންޓް ވައުޗަރެއް ލިބޭނެއެވެ.

.އޭގެ އިތުރުންވެސް ޕޯސްޓްޕެއިޑް ޕްލޭން އަޕްގްރޭޑްކުރުމާއި ސުޕަނެޓް ހިލޭ އަޕްގްރޭޑްކުރުން ހިމެނެއެވެ. އަދި ސުޕަނެޓް އަންލިމިޓެޑް ބޭނުންކުރާ ކަސްޓަމަރުން އިތުރު ޕްލޭނަކަށް އަޕްގްރޭޑްކުރާ ފަރާތްތަކަށް، ފުރަތަމަ ތިން މަސްދުވަހު މިހާރު ދައްކާ މަހުފީގައި އަޕްގްރޭޑްކުރި ސްޕީޑް ލިބޭނެއެވެ.

21 ވަނަ އަހަރީ ދުވަހުގެ ސުޕާނެޓް އެޑް-އޮން އިން ސުޕާނެޓް ކަސްޓަމަރުންނަށް އެންމެ 21 ރުފިޔާއަށް، 21 އެމްބީޕީއެސް ސްޕީޑުގައި 7 ދުވަހުގެ މުއްދަތަށް 21 ޖީބީ ލިބޭ ހާއްސަ އަހަރީ އެޑް-އޮންއެއް ލިބެން ހުންނާނެކަމަށް އުރީދޫން ބުންޏެވެ.

އުރީދޫން ރާއްޖޭގައި 2005 ވަނަ އަހަރު ހިދުމަތް ދޭން ފެށީއްސުރެ، އަންނަނީ އީޖާދީ ވަސީލަތްތަކާއި ޑިޖިޓަލް ހިދުމަތްތައް ތައާރަފުކޮށް، ރާއްޖެ ޑިޖިޓަލް ގޮތުން ގުޅުވާލެވިފައިވާ ގައުމަކަށް ހެދުމުގައި މުހިންމު ދައުރެއް އަދާކުރަމުންނެވެ.