ދުނިޔޭގެ އެންމެ ބޮޑު އެއް އޮންލައިން ޕޭމަންޓް ޕްލެޓްފޯމް ކަމަށްވާ ޕޭޕަލްއަށް، ރާއްޖޭން މިހާތަނަށް 4000 ފަރާތަކުން ލިންކުކޮށްފައިވާ ކަމަށް އުރީދޫގެ ޗީފް ކޮމާޝަލް އޮފިސާ ހުސެއިން ނިޔާޒް ވިދާޅުވެއްޖެއެވެ.
ޕޭޕަލް ހިދުމަތް އުރީދޫން އިން ރާއްޖެއަށް ރަސްމީކޮށް ތައާރަފް ކުރީ މިދިޔަ ޖޫން މަހުގެ 15 ވަނަ ދުވަހުގައެވެ.
އެ ކުންފުނީގެ 21 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް، އުރީދޫ ހެޑް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ، އެކުންފުނިން ތައާރަފު ކުރާ އޮފާތަކާއި އެކުންފުނިން މި އަހަރު ބާކީ ދުވަސްތަކުގައި ކުރިޔަށް ގެންދިއުމަން ނިންމާފައިވާ އިވެންޓްތަކުގެ މައުލޫމާތު ހިއްސާކޮށްފައެވެ.
އެ ބައްދަލުވުމުގައި ނިޔާޒް ވިދާޅުވީ ޕޭޕަލްގެ ޒަރިއްޔާއިން ދިވެހި އުފެެއްދުންތަކަށް ފަހި ފުރުސަތުތަކެއް ހުޅުވިފައިވާ ކަމަށާއި އެ ހިދުމަތުގެ ބޭނުން ގިނަ ފަރާތްތަކުން މިހާރު ބޭނުން ކުރަމުންގެންދާ ކަމަށެވެ.
ރައީސް އޮފީހުގައި މިދިޔަ މަހުގެ 29ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މިއީ ފެށުމެށް ކަމަށެވެ. އަދި ފުރަތަމަ ޕެއިޕަލް ހިދުމަތް ތައާރަފްކޮށްގެން ހިދުމަތް ހޯދުން ނުވަތަ ފައިސާ ގެނައުމުގެ ފުރުސަތު ލިބިގެން ދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ދެން ފުޅާކުރެވޭނެ ކަންތައް. ހަގީގަތުގައި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށްޓަކައި ވަރަށް ބޮޑު ކުރިއެރުމެއް ލިބޭކަމެއް. ދުނިޔޭގައި އެންމެ ފުޅާދާއިރާއެއްގައި ހިދުމަތް ލިބޭ އެކައްޗަކީ ޕޭޕަލް ކަމަށްވާއިރުގައި. އިތުރުކަންކަން ކުރިޔަށްގެންދުމުގައި ހުއްޓާނުލާ މަސައްކަތް ކުރަމުންގެންދާނީ." ރައީސް ވިދާޅުވިއެވެ
ޕޭޕަލްގެ ވިތުޑްރޯވަލް ހިދުމަތް ހޯދުމަށް ސަރުކާރުން އެންމެ ފުރަތަމަ ރަސްމީކޮށް މަސައްކަތް ފެށީ 2014 ވަނަ އަހަރުގެ ޖޫން މަހުގެ 6 ވަނަ ދުވަހުއެވެ. އޭގެ ފަހުން، އެމެރިކާގެ ކަމާބެހޭ ފަރާތްތަކުގެ އެހީތެރިކަމާ އެކު ޕޭޕަލްގެ އިސް ވެރިންނާ ބައްދަލުކޮށް، ގިނަ މަޝްވަރާތަކެއް ކޮށްފައިވެއެވެ.
ފާތިމަތު ލިއުޝާ
އުރީދޫ މޯލްޑިވްސް
އުރީދޫ މޯލްޑިވްސް
އުރީދޫ މޯލްޑިވްސް
އުރީދޫ މޯލްޑިވްސް
ކޮމެންޓް