މިނިވަން ދުވަހާ ގުޅިގެން ގައުމީ ދާރުލްއާސާރާއި ހުވަދޫ ސަރަހައްދީ ދާރުލްއާސާރު ބަންދުވާނެ ކަމަށް ނޭޝަނަލް ސެންޓާ ފޯ ކަލްޗަރަލް ހެރިޓޭޖް އިން ބުނެފިއެވެ.
ނޭޝަނަލް ސެންޓާ ފޯ ކަލްޗަރަލް ހެރިޓޭޖުން ބުނީ ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި މިއަދާއި މާދަމާއަކީ ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ހަމަޖެހިފައިވާތީ، އެ މުއްދަތުގައި ގައުމީ ދާރުލްއާސާރު އަދި ހުވަދޫ ސަރަހައްދީ ދާރުލްއާސާރު ބަންދުވާނެކަމަށެވެ.
ގައުމީ ދާރުލްއާސާރު ދެން ހުޅުވޭނީ އަންނަ އަންގާރަ ދުވަހުގައި ކަމަށެވެ.
އެ ދުވަސްތައް ފިޔަވައި ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު ގައުމީ ދާރުލްއާސާރު ހުޅުވާފައި ހުންނާނީ ހެނދުނު 10:00 ން 16:00 އަށެވެ. އަދި ޓިކެޓު ވިއްކާނީ 10:15 ން 15:30 އަށެވެ. ހުކުރު ދުވަހު ގައުމީ ދާރުލްއާސާރު ބަންދުވާނެއެވެ.
ހުވަދޫ ސަރަހައްދީ ދާރުލްއާސާރު ހުޅުވާފައި ހުންނާނީ ސަރުކާރު ބަންދު ނޫން ދުވަސްތަކުގައި ހެނދުނު 8:00 ން 14:00 އަށެވެ. ސަރުކާރު ބަންދު ދުވަސްތަކުގައި ހުވަދޫ ސަރަހައްދީ ދާރުލްއާސާރު ބަންދުވާނެއެވެ.
ފާތިމަތު ލިއުޝާ
ގައުމީ ދާރުލްއާސާރު
ގައުމީ ދާރުލްއާސާރު
ކޮމެންޓް