ބޭސް ލިބެން ހުންނަ ފާމަސީތަކާއި ބޭހުގެ އަގުތައް ފަސޭހަކަމާއެކު އޮންލައިންކޮށް ބަލާލެވޭނެ ހާއްސަ ޕޯޓަލްއެއް އަންނަ ސެޕްޓެމްބަރު މަހު އިފުތިތާހުކުރަން ސްޓޭޓް ފާމަސޫޓިކަލްސް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ނިންމައިފިއެވެ.
ސްޓޭޓް ފާމަސޫޓިކަލްސްއިން މިއަދު ބުނީ އެ ޕޯޓަލް ފަރުމާކޮށްފައިވަނީ ކޮންމެ ތަނެއްގައި ހުރެގެންވެސް ސްޓޭޓްފާމާގެ ފާމަސީތަކުން ލިބެން ހުންނަ ބޭހުގެ މައުލޫމާތު ވަގުތުން ބަލާލެވޭނެ ގޮތަށް ކަމަށެވެ. މިއީ ބޭސް ހޯދުމުގައި ރައްޔިތުން އުފުލަމުންދާ ތަކުލީފުތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ފަށާފައިވާ މަސައްކަތެއްކަމަށް ސްޓޭޓް ފާމާއިން ބުންޏެވެ.
ސްޓޭޓް ފާމާގެ މެނޭޖިން ޑިރެކްޓަރު ޑރ. ޝާހު މާހިރު ވިދާޅުވީ، ރާއްޖޭގައި ބޭސް ލިބުމުގެ ދަތިކަން ހައްލުކުރެވޭނީ ބޭނުންވާ ބޭހުގެ މައުލޫމާތު ކުރިއާލާ ދެނެގަނެވިގެން ކަމަށެވެ. އެގޮތުން، ބޭހުގެ ސްޓޮކް ބެލެހެއްޓުމަށްޓަކައި އެންޓަޕްރައިސް ރިސޯސް މެނޭޖްމަންޓް ސިސްޓަމަކާއި، އީ-ލޮޖިސްޓިކްސް ސިސްޓަމެއް ގާއިމުކުރުމުގެ ފުރަތަމަ ފިޔަވަހި މިހާރު ނިމިފައިވާކަން އޭނާ ވިދާޅުވިއެވެ.
"މި އާ ސިސްޓަމްގެ ސަބަބުން ރާއްޖެއަށް ބޭނުންވާ ބޭހުގެ ބާވަތްތަކާއި އަދަދު ކުރިއާލާ ދެނެގަނެވޭނެ. މީގެ ސަބަބުން ކުރިއަށް އޮތް އަހަރުތަކުގައި ކޮލެޓީ ރަނގަޅު ބޭސް ހުސްނުވެ ރައްޔިތުންނަށް ލިބޭނެކަން ކަށަވަރު ކުރެވޭނެ،" ޝާހު ވިދާޅުވިއެވެ.
ޝާހު ވިދާޅުވީ، ބޭސްތައް ދުރާލާ ދެނެގަނެވިއްޖެ ނަމަ، ރަށްރަށުގައި ބޭސް ރައްކާކުރެވޭނެ އިންތިޒާމުތައް ހަމަޖައްސައި، ރައްޔިތުންނާ ގާތުން ހިދުމަތް ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.
މުހައްމަދު އިޝާން
ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް
ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް
ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް
ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް
ކޮމެންޓް