ވިޒިޓް މޯލްޑިވްސް އިން އޮސްޓްރޭލިއާގެ ތިން ސިޓީއެއްގައި ކުރިއަށް ގެންދާ "ވިޒިޓް މޯލްޑިވްސް ވީކް" ރޯޑްޝޯއެއް ރަސްމީކޮށް ފަށައިފިއެވެ.

ވިސިޓްމޯލްޑިވްސް އިން ބުނީ، އިއްޔެ ފެށި އެ ދަތުރުގައި ރާއްޖެ އާއި އޮސްޓްރޭލިޔާގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކާއެކު، އޮސްޓްރޭލިޔާއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ މެދުގައި ގުޅުން ބަދަހިކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

"ވިޒިޓް މޯލްޑިވްސް ވީކް" ކޮންސެޕްޓްގެ ދަށުން ކުރިއަށްގެންދާ މި ރޯޑްޝޯގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި މީޑިއާތަކާއި އިންފްލުއެންސަރުންނާއި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ރާއްޖޭގެ ފަތުރުވެރިކަމުގެ ބައިވެރިންނާ އެކު މުނިފޫހިފިލުވުމުގެ ފުރުސަތު ފަހިކޮށްދޭނެއެވެ. މިއީ ވިޒިޓް މޯލްޑިވްސްގެ މާކެޓް ކުރިއެރުވުމަށް ރާވާފައިވާ ޕްލޭންގެ ދަށުން ކުރިއަށް ގެންދާ ހަރަކާތެކެވެ.

މި އަހަރުގެ ރޯޑްޝޯ އަކީ 2026 ވަނަ އަހަރުގެ މެއި މަހު މޯލްޑިވިއަން އިން މާލެ އާއި މެލްބަންއާ ދެމެދު ސީދާ ދަތުރުތައް ފެށުމާ އެކު ފެށި ވަރަށް މުހިންމު ރޯޑްޝޯއެއް ކަމަށް ވިސިޓް މޯލްޑިވްސް އިިން ބުނެއެވެ.

ވިޒިޓް މޯލްޑިވްސް އިން މި ވަގުތު ބޭނުން ކުރަނީ ޓްރެވަލް އެޖެންޓުންނާއި ޓުއާ އޮޕަރޭޓަރުންނާއި ހޯލްސޭލަރުން އަދި އިންޑަސްޓްރީގެ އެހެން ޕާޓްނަރުންނާ އެކު ގުޅުން ބަދަހި ކުރުމަށެވެ.

"މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މެއި މަހުގެ ނިޔަލަށް އޮސްޓްރޭލިއާގެ 20،126 މީހުން ޒިޔާރަތް ކުރި އިރު، މިއީ 2025 ވަނަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 14.1 ޕަސެންޓް އިތުރު އަދަދެއް. އޮސްޓްރޭލިއާއަކީ ރާއްޖޭގެ 10 ވަނައަށް އެންމެ ބޮޑު އެއް މާކެޓް. 2026 ވަނަ އަހަރުގެ މޭ މަހު އެރައިވަލް ވަނީ 24.2 ޕަސެންޓް އިތުރުވެފައި." ވިސިޓް މޯލްޑިވްސް އިން ބުންޏެވެ.

އޮސްޓްރޭލިއާގެ 77.2 އިންސައްތަ ފަތުރުވެރިން ރާއްޖޭގައި ދިރިއުޅެމުންދާ އިރު، ގިނަ އަދަދެއްގެ ފަތުރުވެރިން ދަނީ ގެސްޓްހައުސް، ހޮޓާ އަދި ލިވަބޯޑު ފަދަ ތަންތަނަށް ޒިޔާރަތްކުރަމުންނެވެ.

ވިޒިޓް މޯލްޑިވްސް އިން ރާއްޖޭގެ 11 ކުންފުންޏަކާ ގުޅިގެން ކުރިއަށްގެންދާ މި ރޯޑްޝޯގައި ތަފާތު އުފެއްދުންތައް ދައްކާލުމަށް ވަނީ ހަމަޖެހިފައެވެ.

އެގްޒިބިޓަރުންގެ ތެރޭގައި ކޮކޯބޮޑުހިތި، ފުށިފަރު މޯލްޑިވްސް، ވޮޔޭޖަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް، އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑް، ވިލާ ރިސޯޓްސް، ބަގްލިއޯނީ ރިސޯޓް މޯލްޑިވްސް، ޕަލްސް ހޮޓެލްސް އެންޑް ރިސޯޓްސް، ރިސޯޓް ލައިފް ޓްރެވަލް ޕްރައިވެޓް ލިމިޓެޑް، އެކްސައިޓިން މޯލްޑިވްސް، ސްޕްލެންޑިޑް އޭޝިއާ ޕްރައިވެޓް ލިމިޓެޑް، އެރައިވަލް ބީޗް އެންޑް ސްޕާ ހިމެނެއެވެ.

"ކޮންމެ އިވެންޓެއްގައި ޑެސްޓިނޭޝަން ޕްރެޒެންޓޭޝަން، ބިޒްނަސް ޓު ބިޒްނަސް މީޓިން، ނެޓްވޯކިން ސެޝަން، ޕްރޮމޯޝަނަލް އެކްޓިވިޓީސް، އިންޓަރެކްޓިވް ގޭމްސް އަދި ހޮލިޑޭ ރެފަލް ގިވްއަވޭ ހިމެނެ އެވެ. މީގެ އިތުރުން އޮސްޓްރޭލިއާގެ މާކެޓުގައި ރާއްޖެ ކުރިއެރުވުމަށާއި، އިންފްލުއެންސަރުންނާއި ކޮންޓެންޓް ކްރިއޭޓަރުންނާއެކު ގުޅުން ބަދަހިކުރުމަށް މީޑިއާ އަދި އިންފްލުއެންސާ ނެޓްވޯކިން ފުރުސަތުތައް ފަހިކޮށްދޭ." ވިސިޓް މޯލްޑިވްސް އިން ބުނެއެވެ.

ވިޒިޓް މޯލްޑިވްސް އިން ދަނީ ލަގްޒަރީ އެސްކޭޕްސްއާ ގުޅިގެން އޮސްޓްރޭލިއާގެ މާކެޓިން ޕްލޭނެއް އެކުލަވާލަމުންނެވެ. ވިޒިޓް މޯލްޑިވްސް ވީކް އިން އޮސްޓްރޭލިއާގެ އިތުރުން މި ހަރަކާތުގެ މަގްސަދަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ މަންޒިލްއާ މެދު ހޭލުންތެރިކަން އިތުރުކޮށް، ފަތުރުވެރިކަމުގެ ސިނާއަތުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، ރާއްޖޭގެ އެންމެ އުންމީދީ އެއް ދުރު ރާސްތާގެ އެއް މާކެޓް ކުރިއެރުވުމެވެ.