ރާއްޖޭގެ މަޝްހޫރު ވިޔަފާރި މަރުކަޒެއް ކަމަށްވާ ސޯސަން ފިހާރައިން ދުނިޔޭގެ ފެންވަރުގެ ކޮލިޓީ މަތީ ބްރޭންޑެއްގެ ޕާސްތާ ރާއްޖޭގެ މާކެޓަށް ތައާރަފުކުރަން ތައްޔާރުވެއްޖެއެވެ.
މި ބްރޭންޑަކީ ބައިނަލްއަގުވާމީ ބާޒާރުގައި އެންމެ ފެންވަރު ރަނގަޅު، ހާއްސަ ގޮތަކަށް އުފައްދާ ޕާސްތާއެއްގެ ގޮތުގައި މަޝްހޫރުވެފައިވާ ބްރޭންޑެކެވެ.
މި ބްރޭންޑަކީ އިޓަލީވިލާތުގެ ސަގާފަތާ ގުޅިފައިވާ، ޒަމާނުއްސުރެ ޕާސްތާ އުފެއްދުމުގައި އެންމެ މަތީ މިންގަނޑުތައް ހިފަހައްޓަމުން އަންނަ ބްރޭންޑެއް ކަމަށް ސޯސަން ފިހާރައިން ބުނެއެވެ.
މި ބްރޭންޑުގެ އުފެއްދުންތަކުގައި ބޭނުންކުރަނީ އެންމެ މަތީ ފެންވަރުގެ ގޮދަން ފުށެވެ. މިއީ އެންމެ ރަނގަޅު ފެންވަރުގެ ހައި-ގްރޭޑް ސެމޮލީނާ ބޭނުންކޮށްގެން، ޓެކްސްޗާ އާއި ރަހަ ފުރިހަމަވާނެ ގޮތަށް ތައްޔާރުކުރާ އުފެއްދުންތަކެއް ކަމަށް ސޯސަން ފިހާރައިން ބުނެފައިވެއެވެ.
މި ބްރޭންޑުގެ ޕާސްތާ އުފެއްދުންތަކަކީ ސިއްހަތަށް ފައިދާހުރި، އަދި ކެއްކުމަށްފަހުވެސް ރަނގަޅު ޓެކްސްޗާއެއްގައި ހުންނަ އުފެއްދުމެއްކަން ފާހަގަކުރެވެ އެވެ. މިއީ ދުނިޔޭގެ އެކި ގައުމުތަކުގެ ގޭބިސީތަކުންނާއި ހޮޓާތަކުންވެސް އެންމެ އިތުބާރުކުރާ އެއް ބްރޭންޑެވެ.
މި އާ ބްރޭންޑު ރާއްޖެއަށް ތައާރަފުކުރުމަކީ ރާއްޖޭގެ ކާބޯތަކެތީގެ ބާޒާރަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެކެވެ.
ސޯސަން ފިހާރައިން އަމާޒު ހިފާފައިވަނީ ދިވެހި ރައްޔިތުންނަށް ވީހާވެސް ފެންވަރު ރަނގަޅު މުދާ ފަސޭހައިން ލިބޭނެ މަގުފަހިކޮށްދިނުމަށް ކަމަށް އެ ފިހާރައިން ބުންޏެވެ. އެ ފިހާރައިން މައުލޫމާތު ދޭ ގޮތުގައި، މި ބްރޭންޑު ވަރަށް އަވަހަށް ރާއްޖޭގެ ބާޒާރަށް ނެރެ، ދިވެހި ކަސްޓަމަރުންނަށް ލިބޭނެ އިންތިޒާމު ހަމަޖައްސާނެ އެވެ.
ސޯސަން ފިހާރައިގެ މި މަސައްކަތާއެކު، ދިވެހިންގެ ސުފުރާތަކަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭނެ އެވެ. މި ބްރޭންޑުގެ ތަފާތު ވައްތަރުތަކުގެ ޕާސްތާ، ވަރަށް އަވަހަށް އެ ފިހާރައިން ލިބެން ހުންނާނެއެވެ. މިއީ ރާއްޖޭގެ ބާޒާރަށް އާ ބްރޭންޑެއް ކަމަށް ވުމާއެކު، މި ބްރޭންޑުގެ ފެންވަރާއި މަތީ ކޮލިޓީގެ ސަބަބުން ދިވެހި ގިނަ ބައެއްގެ މެދުގައި މި އުފެއްދުން މަގުބޫލުވެގެންދިއުމުގެ ފުރުސަތު ބޮޑެވެ. މިހާރު އުފެދޭނީ އެންމެ ސުވާލެކެވެ. އެއީ ކޮން ބްރޭންޑެއް ހެއްޔެވެ؟ ތިޔަ ސުވާލަށް ސޯސަން ފިހާރައިން މާދަމާ ޖަވާބެއް ދޭނެއެވެ.
އަލީ ޔާމިން

ސޯސަން ފިހާރަ
ސޯސަން ފިހާރަ
ސޯސަން ފިހާރަ
ސޯސަން ފިހާރަ
ކޮމެންޓް