ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހިތަދޫ އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު އަބްދުﷲ ސޯދިގު (ސޯބެ) އައްޑޫ ބަހުރުވައިން ސުވާލު ކުރެއްވުމުން، މިނިސްޓާ އޮފް އިންފްރާ ސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް ޑރ. އަބްދުالله މުއްތަލިބް ޖަވާބު ދެއްވީ ހުވަދޫ ބަހުންނެވެ.
ބައި އިލެކްޝަން ކާމިޔާބު ކުރައްވައި މަޖިލީހަށް ވަޑައިގެންނެވުމަށްފަހު، ސޯބެ ވާހަކަ ދައްކަވަމުން ގެންދަވަނީ އައްޑޫ ބަހުރުވައިންނެވެ. ބިލުގެ ބަހުސްގައިވެސް ވާހަކަ ދައްކަވަނީ އެ ބަހުރުވައިންނެވެ. އަދި މިނިސްޓަރުންނާ ސުވާލު ކުރައްވަނީ ވެސް އެ ބަހުރުވައިންނެވެ. އެގޮތުން މީގެކުރިން ހެލްތު މިނިސްޓަރު ގީލާ އަލީއާ ސޯބެ އައްޑޫ ބަހުރުވައިން ކުރެއްވި ސުވާލެއް އޮޅުން ނުފިލާކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
އެއަށްފަހު ބޭއްވި މަޖިލިސް ޖަލްސާއެއްގައި ވެސް، ހަމަ އައްޑޫ ބަހުސް ހެލްތު މިނިސްޓަރާ ސުވާލު ކުރެއްވުމުން އޮޅުންފިލި މިންވަރަކަށް މިނިސްޓަރު ވަނީ ޖަވާބު ދެއްވައިފައެވެ.
އެކަމާ ގުޅިގެން ސޯބެ ވަނީ މާލޭ ބަހުރުވައިން ސުވާލު ކުރައްވަން މަސައްކަތް ވެސް ކުރައްވައިފައެވެ.
އެންމެފަހުން ސޯބެ މަޖިލީހުގައި ވިދާޅުވީ، މާލެ ވަޑައިގަތުމަށްފަހު މާލޭ ބަހުރުވަ ދަސްކުރައްވަމުން ގެންދަވާ ކަމަށެވެ.
ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރު މުއްތަލިބާ ވެސް ސޯބެ ސުވާލު ކުރެއްވީ އައްޑޫ ބަހުރުވައިންނެވެ. އެކަމާ ގުޅިގެން މިނިސްޓަރު މުއްތަލިބު ވިދާޅުވީ، ޖަވާބު ދެއްވާނީ ހުވަދޫ ބަހުރުވައިން ކަމަށެވެ.
އެގޮތުން މިއަދު ހައުސިން މިނިސްޓަރާ ސޯބެ ސުވާލުކުރެއްވީ އައްޑޫސިޓީގެ ބޯފެނުގެ ނިޒާމަށް ދިމާވެފައިވާ މައްސަލަތަކާ ގުޅޭ ގޮތުންނެެވެ. އޭނާގެ ކަންބޮޑުވުމަކީ ސާފު ބޯފެން ލިބުމުގައި ދަތިތައް އޮތުމެވެ. އެ ސުވާލު ކުރެއްވުމާ ގުޅިގެން، އައްޑޫ ބަހުން މެންބަރު ވާހަކަ ދެއްކެވީމާ ޖަވާބު ދޭންވީ ހުވަދޫ ބަހުންތޯ ސުވާކު ކުރެއްވުމަށްފަހު، މިނިސްޓަރު ޖަވާބު ފެއްޓެވީވެސް ހުވަދޫ ބަހުންނެވެ.
އެގޮތުން ހުވަދުއަށް ނިސްބަތްވެ ވަޑައިގަންނަވާ މުއްތަލިބު ޖަވާބު ދެއްވަމުން ވިދާޅުވީ ބޯފެނުގެ ނިޒާމަށް ކުރިމަތިވެފައި އޮތް މައްސަލައަށް ސޯބެ ވެސް ޒިންމާ ނަންގަވަން ޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެއީ އޭރު އޭނާ ސްޓޭޓް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވުމުންނެވެ.
އޭރު އައްޑޫސިޓީގެ މަގު ހެދުމުގެ މަޝްރޫއު ހިންގި އިރު އެ ތަނުގައި ހޮޅި އަޅަން ނުޖެހޭ ކަމަށް އަންގާފައި އޮތުމުންނެވެ.
މުއްތަލިބު ވިދާޅުވީ މިހާރު އަނެއްކާވެސް ޖެހެނީ ވަކިން ހޮޅި އަޅަން ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ ވީހާވެސް އަވަހަށް ފެނުގެ ނިޒާމުގެ މައްސަލަތައް ހައްލު ކުރުމަށް ކަމަށެވެ.
އިބްރާހިމް ޒަކީ
ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބު
ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބު
ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބު
ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބު
ކޮމެންޓް