ގަތަރުގެ ކުރީގެ އަމީރު ޝައިހް ހަމަދު ބިން ހަލީފާ އާލް ސާނީ އަވަހާރަވުމުގެ ހިތާމައިގައި ބައިވެރިވެވަޑައިގަތުމަށް އެއް ދުވަހަށް ދިވެހި ދިދަ ބައި ދަނޑިއަށް ތިރިކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.
ގަތަރުގެ ކުރީގެ އަމީރު ހަމަދު އަވަހާރަވެފައިވަނީ އިއްޔެއެވެ.
ރައީސް އޮފީހުން ބުނިގޮތުގައި ދިދަ ބައި ދަނޑިއަށް ތިރިކުރަން ނިންމާފައިވަނީ މިއަދު މެންދުރު 12:00އިން ފެށިގެން މާދަމާ މެންދުރު 12:00ގެ ނިޔަލަށެވެ.
ރައީސް އޮފީހުން ބުނިގޮތުގައި ދިދަ ބައިދަނޑިއަށް ތިރިކުރަން ނިންމީ، ރާއްޖެ އާއި ގަތަރާ ދެމެދު ޒަމާނުއްސުރެ އުފެދިފައިވާ ގާތް ރަހުމަތްތެރިކަމުގެ ގުޅުމާއި ޝައިހް ހަމަދު އެގައުމުގެ އަމީރު ކަމުގެ މަގާމުގައި ހުންނެވި އިރު، ރާއްޖެއާ މެދު ބެހެއްޓެވި ގާތްކަމާއި ރާއްޖޭގެ ތަރައްގީއަށާއި ކުރިއެރުމަށް ވެދެއްވި ދީލަތި އެހީތެރިކަމާއި އެއްބާރުލެއްވުމުގެ އަގު ވަޒަންކުރެއްވުގެ ގޮތުން ކަމަށެވެ.
ޝައިހް ހަމަދު ފަސްދާނުލާފައި ވަނީ އިއްޔެ ރަސްމީ އިއްޒަތުގައެވެ. އަދި އެމަނިކުފާނު އަވަހާރަވުމާ ގުޅިގެން ގަތަރުގައި ބާއްވާ ރަސްމީ ހިތާމަފާޅުކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސް މުއިއްޒ އެގައުމަށް މިއަދު ހެނދުނު ވަނީ ފުރާވަޑައިގަންނަވައިފައެވެ.
އާއިޝަތު މާހާ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކޮމެންޓް