ގަތަރުގެ ކުރީގެ އަމީރު ޝައިހް ހަމަދު ބިން ހަލީފާ އާލް ސާނީ އަވަހާރަވުމުގެ ހިތާމައިގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެގައުމަށް ފުރާވަޑައިގަންނަވައިފިއެވެ.
ރައީސް އޮފީހުން މިއަދު ބުނީ އެ ދަތުރުފުޅަކީ، ގަތަރުގެ އަމީރު ޝައިހް ތަމީމް ބިން ހަމަދު އާލް ސާނީ އާއި ޝާހީ އާއިލާއަށާއި ގަތަރުގެ ރައްޔިތުންނަށް ދިވެހިރައްޔިތުންގެ ފަރާތުންނާއި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި ތައުޒިޔާ ދެންނެވުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެއް ކަމަށެވެ.
ޝައިހް ހަމަދު ބިން ހަލީފާ އާލް ސާނީ އަވަހާރަވުމާ ގުޅިގެން އެގައުމުގައި ބާއްވާ ރަސްމީ ހިތާމަފާޅުކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ދުނިޔޭގެ ގިނަ ގައުމުތަކެއްގެ މަންދޫބުން ގަތަރަށް ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ.
ގަތަރުގެ ކުރީގެ އަމީރު ޝެއިހް ހަމަދު ބިން ހަލީފާ އަލްތާނީ އަވަހާރަވީ އިއްޔެއެވެ. ޝެއިހް ހަމަދު ގަތަރުގެ ވެރިކަން ކުރެއްވީ 1995 އިން 2013 އަށެވެ.
ރާއްޖޭގެ ތަރައްގީއަށް ޝެއިހް ކޮށްދެއްވާފައިވާ މަސައްކަތްތަކުގެ ތެރޭގައި، ގަތަރު އެއާވޭސްގެ ދަތުރުތައް ރާއްޖެއަށް ފެށުމާއި ހަމަދު ބިން ހަލީފާ އާލް ތާނީ ސްކޫލާއި މަސްޖިދު ޝައިހް ގާސިމްބިން އާލްތާނީ ފަދަ މަޝްރޫއުތައް ހިމެނެއެވެ.
ފާތިމަތު ލިއުޝާ
ޤަތަރު
ޤަތަރު
ޤަތަރު
ޤަތަރު
ކޮމެންޓް