ދުނިޔޭގެ މަޝްހޫރު ބޯޖެސް ބްރޭންޑްގެ އޮލިވް އޮއިލްގެ އުފެއްދުންތައް ސޯސަން ފިހާރައިން ރާއްޖެއަށް މިއަދު ތައާރަފުކޮށްފިއެވެ.

ސޯސަން ފިހާރައަކީ، ބޯޖެސް ބްރޭންޑުގެ އުފެއްދުންތައް ރާއްޖެ އެތެރެކޮށް ވިއްކުމުގެ ރަސްމީ ހުއްދަ ލިބިފައިވާ އޮތޮރައިސްޑް ޑިސްޓްރިބިއުޓަރެވެ.

ދުނިޔޭގެ ފެންވަރުގައި ވެސް ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ބޯޖެސް ބްރޭންޑަކީ ދިވެހީންގެ ތެރޭގައި ވެސް އިތުބާރު ހިފޭ، ފެންވަރު ރަނގަޅު އުފެއްދުންތަކެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ ބްރޭންޑެކެވެ.

ސޯސަން ފިހާރައިން މި ވަގުތު ލިބެން ހުރި ބޯޖެސްގެ ބާވަތްތައް:

  • ބޯޖެސް އެކްސްޓްރާ ވާޖިން އޮލިވް އޮއިލް
  • ބޯޖެސް އޮލިވް މަސާޖް އޮއިލް
  • ބޯޖެސް އޮލިވް ބޭބީ އޮއިލް
  • ބޯޖެސް އޮލިވް ހެއާ އޮއިލް
  • ބޯޖެސް އެކްޓްރާ ލައިޓް އޮލިވް އޮއިލް
  • ބޯޖެސް ސަންފްލާވާ އެކްސްޓްރާ ވާޖިން އޮއިލް

މި ބްރޭންޑްގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރުގެ ހައިސިއްޔަތު ސޯސަން ފިހާރައަށް ލިބުމަކީ، ރާއްޖޭގެ ރީޓެއިލް އަދި ހޯލްސޭލް މާކެޓަށް އަންނާނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ. ސިއްހަތަށް ފައިދާހުރި ކާނާ ބޭނުންކުރުމަށް ދިވެހިންގެ މެދުގައި ހޭލުންތެރިކަން އިތުރުވަމުން އަންނަ މި ދަނޑިވަޅުގައި، ބޯޖެސްގެ ސައްހަ އޮލިވް އޮއިލް ސީދާ ރަސްމީ އޭޖެންޓެއްގެ މެދުވެރިކޮށް ލިބެން ހުރުމަކީ މާކެޓުގެ އިތުބާރު ބޮޑުވެގެންދާނެ ކަމެކެވެ.

ކާނާގެ އިތުރުން ސޯސަން ފިހާރައިން ބޯޖެސް ބްރޭންޑްގެ ބޭބީ އޮއިލް އާއި ހެއާ އޮއިލްގެ އިތުރުން މަސާޖް އޮއިލް ލިބެން ހުރުމަކީވެސް ކަސްޓަމަރުންނަށް ލިބޭނެ ބޮޑު ލުޔެކެވެ.

މި ބްރޭންޑް އަލުން މާކެޓަށް ނެރެފައިވާއިރު، ސޯސަން ފިހާރައިން ވަނީ އެ ފިހާރައިގެ ސަޕްލައި ޗެއިން މެނޭޖްމަންޓް ހަރުދަނާކޮށް، ބޯޖެސް ބްރޭންޑްގެ ސްޓޮކް ދަށް ނުވެ، މެދުކެނޑުމެއްނެތި ކަސްޓަމަރުންނަށް ލިބޭނެ އިންތިޒާމު ހަމަޖައްސައިފައެވެ.

ބޯޖެސް ބްރޭންޑްގެ އޮލިވް އޮއިލް ---

މީގެ ސަބަބުން، އާންމު ގޭބިސީތަކަށާއި ރާއްޖޭގައި ހަލުވިކަމާއެކު ކުރިއަރަމުން އަންނަ ރެސްޓޯރެންޓު އަދި ކެފޭ ވިޔަފާރިތަކަށް ބޭނުންވާ މިންވަރަށް، އެއްވެސް ދަތިކަމަކާ ނުލައި މުދާ ފޯރުކޮށްދެވޭނެކަމުގެ ފުރިހަމަ ޔަގީންކަން އެ ފިހާރައިން ދެއެވެ. މިއީ ވިޔަފާރިތަކުގެ އޮޕަރޭޝަންތައް މެދުނުކެނޑި ކުރިއަށް ގެންދިއުމަށް ލިބިގެންދާނެ ބޮޑު ލުޔެކެވެ.

ސްޓޮކްގެ ޔަގީންކަމުގެ އިތުރުން، ސޯސަން ފިހާރައިން އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ކަސްޓަމަރުންނަށް އެކަށީގެންވާ ހެޔޮ އަގެއްގައި މި އުފެއްދުންތައް ފޯރުކޮށްދިނުމަށެވެ. ރަސްމީ ޑިސްޓްރިބިއުޓަރުގެ ހައިސިއްޔަތުން މުދާ އެތެރެކުރުމުން، މެދުވެރިންނަށް ހިނގާ ހަރަދު ކުޑަވެ، އޭގެ ސީދާ ފައިދާ ކަސްޓަމަރުންނަށް ކުރާނެއެވެ.

އެގޮތުން، ބޯޖެސް އޮލިވް އޮއިލް ސޯސަން ފިހާރައިގެ ހުރިހާ އައުޓްލެޓްތަކަކުން ވެސް ވަރަށް ވާދަވެރި އަދި ހެޔޮ އަގެއްގައި ލިބެން ހުންނާނެކަމަށް އެ ފިހާރައިން ބުނެއެވެ. މިއީ މާކެޓުގައި ފެންވަރު ރަނގަޅު އޮލިވް އޮއިލް ހޯދަން ބޭނުންވާ ފަރާތްތަކަށް މާލީ ގޮތުން ވެސް ލިބިގެންދާނެ ވަރަށް ބޮޑު ފައިދާއެކެވެ.