ޒިމްބާބުވޭއިން ޗައިނާއަށް ފުރަތަމަ ފަހަރަށް ތާޒާ ބްލޫބެރީ އެކްސްޕޯޓުކުރަން ފަށައިފިއެވެ. މިއީ 2025 ވަނަ އަހަރުގެ ސެޕްޓެންބަރު މަހު ދެ ގައުމުގެ ދެމެދުގައި ސޮއިކުރި ފައިޓޯސެނިޓަރީ ޕްރޮޓޮކޯލްގެ ދަށުން ފެށި ވިޔަފާރިއެކެވެ.
މި ވިޔަފާރީގެ މައިގަނޑު އަމާޒަކީ ޗައިނާގެ 400 މިލިއަން ޑޮލަރުގެ ބޮޑު ބްލޫބެރީ މާކެޓުން ޖާގަ ހޯދުމެވެ.
މި އަހަރުގެ މެއި 1 ވަނަ ދުވަހުން ފެށިގެން އެފްރިކާގެ 53 ގައުމަކަށް ޗައިނާއިން ދީފައިވާ ޒީރޯ-ޓެރިފް (ޑިއުޓީ މާފުކުރުމުގެ) ފުރުސަތުގެ ދަށުން، ޒިމްބާބުވޭގެ ދަނޑުވެރިންނަށް ބޮޑު ފައިދާއެއް ކުރާނެ ކަމަށް ވަނީ ބެލެވިފައެވެ. ޒިމްބާބުވޭ ސަރުކާރުގެ އަމާޒަކީ މުޅި ހޯޓިކަލްޗަރ ސިނާއަތް 2 ބިލިއަން ޑޮލަރަށް ފުޅާކުރުމެވެ.
ހޯޓިކަލްޗަރަލް ޑިވެލޮޕްމަންޓް ކައުންސިލް (އެޗްޑީސީ) ގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، ޒިމްބާބުވޭއަކީ އެފްރިކާގައި ތިންވަނައަށް އެންމެ ގިނައިން ބްލޫބެރީ އުފައްދާ ގައުމެވެ. މިދިޔަ އަހަރު 650 ހެކްޓަރުގެ ބިމުން 9،500 ޓަނުގެ ބްލޫބެރީ އުފައްދާފައިވާއިރު، މިއަހަރު 850 ހެކްޓަރުން 12،000 މެޓްރިކް ޓަނުގެ ބްލޫބެރީ އެކްސްޕޯޓުކުރެވޭނެ ކަމަށް އެ ގައުމުން ލަފާކުރެއެވެ.
ޒިމްބާބުވޭ
ޒިމްބާބުވޭ
ކޮމެންޓް