ރ. ހުޅުދުއްފާރު މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަލީ މުސްތަފާ ސަސްޕެންޑުކޮށްފިއެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން މިއަދު ބުނީ ޖޭއެސްސީން ދަނީ އަލީ މުސްތަފާއާ ގުޅޭގޮތުން މައްސަލައެއް ބަލަމުން ކަމަށެެވެ.

އެ މައްސަލައިގެ ބާވަތަށާއި، ތަހުގީގަށް ހޯދިފައިވާ މައުލޫމާތަށް ބަލައި، ޝަރުއީ ދާއިރާގެ އިތުބާރު ނެގެހެެއްޓުމުގެ ގޮތުން އަލީ މުސްތަފާ ސަސްޕެންޑުކޮށްފައިވަނީ މިއަދުން ފެށިގެން 60 ދުވަހަށްކަމަށް ޖޭއެސްސީން ބުންޏެވެ.