ދިވެހި ލިޔުންތެރިން ވާން ޖެހޭނީ، މި ގައުމު އަބަދުމެ ފަހުރުވެރިވާނެ، މި ގައުމަށް ފާގަތިވާނެ ގޮތަށް ލިޔާ އަމާނާތްތެެރި ގައުމުދެކެ ލޯބިވާ ބަޔަކަށް ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ، ރާއްޖޭގެ 34ވަނަ ލިޔުންތެރިންގެ ދުވަހުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުއްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސް ވިދާޅުވީ މާތްވެގެންވާ އިސްލާމްދީނަކީ، އުނގަންނައިދިނުމާއި ތެދު މައުލޫމާތު ފެތުރުމަށް އަދި ލިޔުންތެރިކަން ކުރިއެރުވުމަށް ބާރުއަޅާ ދީނެއް ކަމަށް ކަމަށެވެ. އެހެންކަމުން ދިވެހިބަހުން ލިޔާ ކޮންމެ ލިޔުންތެރިއަކުވެސް، ހައްގުބަސް ފެތުރުމަށާއި ރީތިކޮށް މުހާތަބުކުރުމަށާއި ތިމާއަށާއި އަނެކުންނަށް މިއަދާއި މާދަމާވެސް ފައިދާކުރާނެ ރަނގަޅު ވާހަކަތަކާއި ފިކުރުތައް ފެތުރުމަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ.

"ދިވެހި ލިޔުންތެރިން ވާންޖެހޭނީ، މި ގައުމު އަބަދުމެ ފަހުރުވެރިވާނެ މި ގައުމަށް ފާގަތިވާނެ ގޮތަށް ލިޔާ އަމާނާތްތެެރި ގައުމުދެކެ ލޯބިވާ ބަޔަކަށް. ދިވެހި ގައުމުގެ އެހާރާއި މިހާރުގެ ލިޔުންތެރިންގެ ތެދުވެރި މަސައްކަތްތަކުގައި ބަރަކާތްލެއްވުން އެދި ދުއާކުރަން." ރައީސް ވިދާޅުވިއެވެ.