މި ސަރުކާރުން ގނަ ގައުމުތަކަކަށް، ސަފީރުންނާއި، ނޮން ރެސިޑެންޓް ސަފީރުން ލަމުން ގެންދާއިރު، ބަދަލުގައި އެ ގައުމުތަކުން ދިވެހި ރައްޔިތުންނަށް ލިބެނީ ކޯއްޗެއްތޯ ބަލަންޖެހޭ ކަަމަށް ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު ހުސެއިން ޒިޔާދު (ފިއްޓޭ) ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައިވެސް ތިން ގައުމަކަށް ނޮން ރެސިޑެންޓު ސަފީރުން އައްޔަން ކުރެއްވުމަށް ފާސްކޮށް، ގައުމަކަށް ސަފީރަކު އައްޔަންކުރަން މަޖިލީހަށް ފޮނުވި ނަމެއް ދިރާސާކުރަން ހާރިޖީ ގުޅުންތަކާބެހޭ ކޮމިޓީއަށް ވަނީ ފޮނުވައިފައެވެ.
އެކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީޖުގެ މިއަދުގެ ޖަލްސާގައި ސަރުކާރުގެ ސިޔާސަތުތަަކަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވަމުން ފިއްޓޭ ވިދާޅުވީ، ދައުލަތުން ބޮޑު މުސާރައީ، މުޅި އާއިލާތައް ބަލަހައްޓާ ގޮތަށް، ގައުމުތަކަށް ސަފީރުން ފޮނުވާއިރު ބަދަލުގެ ގޮތުގައި ދައުލަތަށް ލިބެނީ ކޮން ފައިދާއެެއްތޯ، ބަލަންޖެހޭ ކަމަށެވެ.
"މިކަން ކުރާތާ ދެއަހަރާ ބައި މިވީ، ނުވެސް ދަންނަ ގައުމު ގައުމަށް ސަފީރުން ކަނޑައަޅާއިރު މީގެން ދިވެހި ރައްޔިތުންނަށް ލިބެނީ ކޯއްޗެއްތޯ ރައްޔިތުން ސުވާލު ކުރޭ،" ފިއްޓޭ ވިދާޅުވިއެވެ.
ފިއްޓެ ވިދާޅުވީ، ގައުމުތަކުގެ ސަފީރުކަމަށް ސަރުކާރުން އައްޔަން ކުރަނީ ގާބިލު ބޭފުޅުން ކަަމަށެވެ. ނަމަވެސް ބަޔަކަށް ބޮޑު މުސާރަ ހޯދައިދިނުމަކީ ވާޖިބެއްކަމަށް ދެކިގެން، ކުރިން ކެބިނެޓުގައި ތިއްބެވި ބޭފުޅުންނާ އެހެނިހެން ބޭފުޅުންނަށް ގައުމުތަކުގެ ސަފީރުކަން ދީގެންނުވާނެ ކަމަށް ފިއްޓެ ވިދާޅުވިއެވެ.
ފިއްޓެ ވިދާޅުވީ، މިހާތަނަށް އެންމެ ގިނަ ސަފީރުން އައްޔަންކުރާ ފާސްކުރި މަޖިލީހަކަށް މިހާރު އޮތް 20 ވަނަ ރައްޔިތުންގެ މަޖިލިސް ވާނެ ކަމަށެވެ.
ދައުލަތުގެ ބަޖެޓުގެ ބޮޑު ހޭދައެއް އެމްބަސީތަކަށް ކުރަމުންދާއިރު، އޭގެ ބަދަލުގައި ގައުމަށާއި ރައްޔިތުންނަށް ފައިސާއެއް، ނުވަަތަ މަންފާއެއް ލިބެންޖެހޭނެ ކަމަށް ފިއްޓެ ވިދާޅުވިއެވެ.
އިބްރާހިމް ޒަކީ
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ކޮމެންޓް