ކޮންސްޓްރަކްޝަން އިންޑަސްޓްރީ ފޯރަމް 2026ގެ ޕްލެޓިނަމް ސްޕޮންސަރަކަށް އުރީދޫ ބިޒްނަސް ހަމަޖައްސައިފިއެވެ.
އަންނަ އޮގަސްޓް 18 ވަނަ ދުވަހު ހުޅުމާލޭގެ ގްރޭންޑް ޕާކް ސައިޑް ބައި ވަން ސެންޓްރަލް ޕާކްގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ފޯރަމަކީ ރާއްޖޭގެ އިމާރާތްކުރުމުގެ ސިނާއަތް ކުރިއެރުވުމަށް ބާއްވާ އެންމެ މުހިންމު އެއް ފޯރަމެވެ.
މި ފޯރަމް ހަރަކާތް އިންތިޒާމު ކުރަނީ މީޑިއަމް އިވެންޓްސްގެ ފަރާތުންނެވެ. މި ފޯރަމަށް މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ ފުރިހަމަ ތާއީދު ވަނީ ލިބިފައެވެ.
މި ފޯރަމަކީ ސަރުކާރުގެ ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި ދާއިރާގެ އިސް ވެރިން އެއްތަނަކުން ބައްދަލުވެ، މި ދާއިރާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި އަދި ކުރިއަށް އޮތް ތަނުގައި ފަހިވެފައިވާ ފުރުސަތުތަކާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވޭނެ ފޯރަމެއް ކަމަށް އުރީދޫން ބުންޏެވެ.
އުރީދޫން ބުނީ ސްމާޓް ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކޮށްގެން އިމާރާތްކުރުމުގެ މަސައްކަތްތައް އިތުރަށް ހަލުވިކޮށް، ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތްތައް ކުރިއަށް ގެންދިއުމަށް އުރީދޫން މަގުފަހިކޮށްދޭނެ ކަމަށާއި މިއީ ޒަމާނީ ވަސީލަތްތަކާ އެކު ދިވެހި އިމާރާތްކުރުމުގެ ދާއިރާ އިތުރަށް ގުޅުވާލައި، ކުރިއެރުވުމަށް އެޅޭ ބިންގަލެއް ކަމަށެވެ.
މި ފޯރަމަށް ހާޒިރުވާން ބޭނުންވާ ފަރާތްތަކަށް ޓިކެޓް ގަތުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފައެވެ.
އަލީ ޔާމިން
އުރީދޫ މޯލްޑިވްސް
އުރީދޫ މޯލްޑިވްސް
އުރީދޫ މޯލްޑިވްސް
އުރީދޫ މޯލްޑިވްސް
ކޮމެންޓް