ޚުލާސާ
ވޯލްޑް ކަޕް 2026 ގެ ގަދަ 16 ގައި ބްރެޒިލާއި ނޯވޭ ބައްދަލުކުރާ މެޗުގެ ލައިވް ކަވަރޭޖަށް މަރުހަބާ!
ފަސް ފަހަރުގެ ޗެމްޕިއަން ބްރެޒިލުން ގްރޫޕު ސްޓޭޖުގެ އެއްވަނަ ހޯދި އިރު، މޮރޮކޯ އަތުން އެއްވަރުވެ، ސްކޮޓްލެންޑާއި ހެއިޓީ އަތުން ވަނީ މޮޅުވެފައެވެ. އަދި ބްރެޒިލުން ގަދަ 16 އަށް ދަތުރުކުރީ ގަދަ 32 ގައި ޖަޕާން ބަލިކޮށްގެންނެވެ.
ނޯވޭއިން ގްރޫޕު ސްޓޭޖުގައި ބަލިވީ ހަމައެކަނި ފްރާންސް އަތުންނެވެ. އަނެއް ދެ މެޗުގައި ސެނެގާލް އަދި އިރާގު ވަނީ ބަލިކޮށްފައެވެ. ނޯވޭ އިން ގަދަ 16 އަށް ދަތުރުކުރީ ގަދަ 32 ގައި އައިވަރީ ކޯސްޓް ބަލިކޮށްގެންނެވެ. ނޯވޭއަށް މިހާތަނަށް ކުއާޓާ ފައިނަލަށް ދަތުރުކުރެވިފައެއް ނުވެއެވެ.
ކުޅުނު މެޗުތަކުގެ ތެރެއިން މިހާތަނަށް ބްރެޒިލަށް ބަލިކުރެވިފައިނުވާ ހަމައެކަނި ގައުމަކީ ނޯވޭއެވެ. ހަތަރު މެޗުގެ ތެރެއިން ދެ މެޗު އެއްވަރުވެ، އަނެއް ދެ މެޗުން ވަނީ ބަލިވެފައެވެ. އެންމެ ފާހަގަކޮށްލެވެނީ ވޯލްޑް ކަޕް 1998 ގެ ގްރޫޕު ސްޓޭޖުގައި ބައްދަލުކުރި މެޗެވެ. އެ މެޗުން ނޯވޭ މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ. އެންމެ ފަހުން 2006 ގައި ކުޅުނު އެކުވެރިކަމުގެ މެޗު ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.



ކޮމެންޓް