ޚުލާސާ
ވޯލްޑް ކަޕް 2026 ގެ ގަދަ 16 ގައި ޕެރަގުއާއީ އާއި ފްރާންސް ބައްދަލުކުރާ މެޗުގެ ލައިވް ކަވަރޭޖަށް "ވަން"ގެ ކިޔުންތެރީންނަށް މަރުހަބާ!
އެމެރިކާގެ ފިލަޑެލްފިއާ ސްޓޭޑިއަމްގައި މިރޭ ކުޅޭ މި މެޗަށް ނުކުންނަ އިރު، މި ވޯލްޑް ކަޕްގައި އެންމެ ނުރައްކާ އެޓޭކުގެ ގޮތުގައި ފާހަގަކޮށްލެވެނީ ފްރާންސްގެ ޓީމުގެ އެޓޭކު. އެގޮތުން މިހާތަނަށް ކުޅުނު ހުރިހާ މެޗެއް ވެސް ފްރާންސުން ވަނީ ކާމިޔާބުކޮށްފައި. މަދުވެގެން ކޮންމެ މެޗެއްގައި ފްރާންސުން ތިން ގޯލު ޖަހާފައިވާ އިރު، މިހާތަނަށް ކުޅުނު ހަތަރު މެޗުގައި އެޓީމުން ވަނީ ޖުމުލަ 13 ގޯލު ޖަހާފައި. ފްރާންސް ކޮޅަށް ވަދެފައިވަނީ އެންމެ ދެ ގޯލު. ފްރާންސުން ގްރޫޕު ސްޓޭޖުގައި ސެނެގާލާއި އިރާގް އަދި ނޯވޭ އަތުން ފަސޭހަކަމާއެކު މޮޅުވެފައިވާ އިތު، ގަދަ 32 ގައި ސްވިޑެން އަތުން ވެސް ވަނީ ފަސޭހަކަމާއެކު މޮޅުވެފައި.
ޕެރަގުއާއީ އަކީ ގްރޫޕު ސްޓޭޖުގައި ތިންވަނަ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދި ޓީމުތަކުގެ ތެރޭގައި ހިމެނިގެން ނޮކްއައުޓް ބުރުން ޖާގަ ލިބުނު ޓީމެއް. ޕެރަގުއާއީ އެންމެ ފާހަގަކޮށްލެވެނީ ގަދަ 32 ގެ މެޗުގައި ޕެނަލްޓީ ޝޫޓްއައުޓްގައި ޔޫރަޕްގެ ވަރުގަދަ ޖަރުމަން ކަޓުވާލައި، ގަދަ 16 އިން ޖާގަ ހޯދި ޓީމުގެ ގޮތުގައި.

ކޮމެންޓް