އިސްރާއީލާއެކު ލުބުނާނުން ކުރިއަށްގެންދާ ސަރަހައްދީ އިމުގެ މަޝްވަރާތަކަކީ ގައުމަށް ގައްދާރުވުން ނޫން ކަމަށާއި، އެއީ ލޭއޮހޮރުވުމަކާ ނުލައި ކުރާ ޑިޕްލޮމެޓިކް ހަނގުރާމައެއް ކަމަށް ލުބުނާނުގެ ރައީސް ޖޯސެފް އައުން މިއަދު ވިދާޅުވެއްޖެއެވެ.
އެމެރިކާގެ މެދުވެރިކަމާއެކު އިސްރާއީލާއި ލުބުނާނާ ދެމެދު މިދިޔަ ހަފުތާގައި ވަނީ ސުލްހައިގެ އެއްބަސްވުމެއްގެ އޮނިގަނޑުގައި ސޮއިކޮށްފައެވެ. ނަމަވެސް، މި އެއްބަސްވުމުގެ ދަށުން ލުބުނާނުގެ ބައެއް ސަރަހައްދުތަކުގައި އިސްރާއީލު ސިފައިން ތިބުމަށް މަގުފަހިވާ ކަމަށް ބުނެ، ލުބުނާނުގެ އެތެރޭގައި ރައީސް އައުންއަށް ދަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވަމުންނެވެ.
މި ފާޑުކިޔުންތަކަށް ރައްދުދެއްވައި ރައީސް އައުން ވިދާޅުވި ގޮތުގައި، މަޝްވަރާތަކުގައި ބައިވެރިވުމަށް ނިންމެވީ ލުބުނާނުގެ ސަރަހައްދުތަކުން އިސްރާއީލު ސިފައިން ފޭބުން ކަށަވަރުކުރުމަށެވެ. ލުބުނާނުގެ ބިމުން “އެންމެ އިންޗިއެއް ވެސް ދޫނުކުރައްވާނެ” ކަމަށް އޭނާ ވިދާޅުވިއެވެ.
ލުބުނާނުގެ ރިޔާސީ ގަނޑުވަރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި އެއްބަސްވުމުގެ އޮނިގަނޑަކީ ލުބުނާނުގެ ހައްގުތަކާ ފުށުއަރާ އެއްޗެއް ނޫން ކަމަށާއި، އޭގެ ބޭނުމަކީ އެ ހައްގުތައް ފުރިހަމައަށް ކަށަވަރުކުރުން ކަމަށެވެ.
މިއަހަރުގެ މާޗު މަހުގެ 2 ވަނަ ދުވަހު ހިޒްބުﷲ އާއި އިސްރާއީލާ ދެމެދު ފެށި ހަނގުރާމައިގައި މިހާތަނަށް ލުބުނާނުން 4،200 އަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ހާމަކުރެއެވެ.
މި އެއްބަސްވުމުގެ ދަށުން ލުބުނާނުގެ ދެކުނުގެ ސަރަހައްދުތަކުގެ ކޮންޓްރޯލް ލުބުނާނުގެ އަސްކަރިއްޔާއިން ނެގުމަށް ހަމަޖެހިފައިވީ ނަމަވެސް، އިސްރާއީލުގެ ދިފާއީ ވަޒީރު އިސްރާއީލް ކަޓްޒް އިއްޔެ ވިދާޅުވެފައިވަނީ، ވަކި ގޮތެއް އަންގަންދެން ލުބުނާނުގެ “ސެކިއުރިޓީ ޒޯން” ތަކުގައި އިސްރާއީލު ސިފައިން ތިބޭނެ ކަމަށެވެ.
ލުބުނާނު
ލުބުނާނު
ލުބުނާނު
ލުބުނާނު
ކޮމެންޓް