މަލްޓި ޔޫތު އެސޯސިއޭޝަން އޮފް ތުލުސްދޫ (މިޔަޓް) އިން އިންތިޒާމު ކޮށްގެން ބާއްވާ ކ. އަތޮޅުގެ އެންމެ ބޮޑު އެއް ކުޅިވަރު ހަރަކާތް، މިޔަޓް ސްޕޯޓްސް ފިއެސްޓާގެ އެކްސްކްލޫސިވް މީޑިއާ ޕާޓްނަރަކަށް "ވަން ސްޕޯޓްސް" ހަމަޖައްސައި، އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މިއަހަރުގެ މިޔަޓް ސްޕޯޓްސް ފިއެސްޓާ ފެށުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 30 ވަނަ ދުވަހުއެވެ. އިވެންޓްގެ ހަރަކާތްތައް އޮގަސްޓް 13 ވަނަ ދުވަހާ ހަމައަށް ދެމިގެންދާ އިރު، މިއަހަރު ސްޕޯޓްސް ފިއެސްޓާގެ ތެރެއިން މިޔަޓް ފިރިހެން ފުޓްސަލް މުބާރާތް، މިޔަޓް ފުޓްސަލް ޗެލެންޖްގެ އިތުރުން، އަންހެން ކުޅުންތެރިންނަށް ހާއްސަކޮށްގެން ބާއްވާ މިޔަޓް ފެމީނާ ފުޓްސަލް ޗެލެންޖް ވެސް ކުރިއަށް ދާނެއެވެ.
އޭގެ އިތުރުން ސްޕޯޓްސް ފިއެސްޓާ ކުރިއަށްދާ ކ. ތުލުސްދޫގައި ފަން ރަންއެއްގެ އިތުރުން ފިއެސްޓާގެ ތެރެއިން އިސް ރަށްވެހިންނަށް ހާއްސަ އިވެންޓެއް ވެސް ކުރިއަށް ގެންދަން މިޔަޓުން ވަނީ ނިންމައިފައެވެ.
"ވަން ސްޕޯޓްސް"އާއެކު ސޮއިކުރުމަށް ބޭއްވި އިވެންޓްގައި "ވަން މީޑިއާ ގްރޫޕް"ގެ ފަރާތުން ސޮއިކުރެއްވީ އެޑްމިން އެންޑް މާކެޓިން މެނޭޖަރު މަރިޔަމް ހަޝްމާ ޔޫސުފެވެ. މިޔަޓްގެ ފަރާތުން ސޮއިކުރެއްވީ ޖަމިއްޔާގެ ރައީސް ނިމާލް ހަމީދެވެ.
މިޔަޓް ސްޕޯޓްސް ފިއެސްޓާއަކީ ކ. އަތޮޅުގެ ކުޅިވަރު އީދަކަށްވީ އިރު، އަންހެން އަދި ފިރިހެން ފުޓްސަލް މުބާރާތް އަމާޒުކޮށްފައި ވަނީ ކ. އަތޮޅުގެ ކުޅުންތެރިންނަށެވެ. އެހެން ނަމަވެސް ކޮންމެ ޓީމެއްގައި ވެސް އަތޮޅުން ބޭރު ދެ ކުޅުންތެރިޔަކު ހިމަނޭނެ ކަމަށް ގަވާއިދުގައި ބުނެއެވެ.
މިއީ މިޔަޓް ފުޓްސަލް ޗެލެންޖް ކުރިއަށްދާ ހަވަނަ ފަހަރެވެ. އެންމެފަހުން ދެ ފަހަރުވެސް ޗެމްޕިއަންކަން ދިއްފުށި އެފްޓީން ހޯދާފައިވާ އިރު، ޗެމްޕިއަން ޓީމަށް މިއަހަރުވެސް 75،000 ރުފިޔާގެ ފައިސާގެ އިނާމު ދީފައިވެއެވެ.
މިޔަޓް ފުޓްސަލް ފިއެސްޓާ
ކޮމެންޓް