މި އަހަރުގެ ވޯލްޑް ކަޕް ފޯރިއާ ދިމާކޮށް، ސޯސަން ފިހާރައިން އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން މާލޭގެ އާންމު ސަރަހައްދުތަކުގައި ހިލޭ ޔޯގަޓް ޑްރިންކް ބަހަން ފަށައިފިއެވެ.
މި ހަރަކާތް ސޯސަން ފިހާރައިން ރަސްމީކޮށް ފަށާފައިވަނީ މިދިޔަ ޖޫން މަހުގެ 29 ވަނަ ދުވަހުއެވެ.
ވޯލްޑް ކަޕް މެޗުތައް ބެލުމަށް އާންމުން އެއްވެ އުޅޭ މާލޭގެ އެކި ސަރަހައްދުތަކުގައި މި ހަރަކާތް ކުރިއަށް ގެންދާއިރު، އަމާޒަކީ ފުޓްބޯޅައިގެ ފޯރި އިތުރުކޮށް އާންމުންނަށް އުފާވެރި މާހައުލެއް ފޯރުކޮށްދިނުން ކަމަށް އެ ފިހާރައިގެ އޮފިޝަލަކު "ވަން" އަަށް މައުލޫމާތު ދެއްވައެވެ.
މި ހަރަކާތުގެ ތެރެއިން އެ ކުންފުނިން ރާއްޖެއަށް އެތެރެކުރާ މަޝްހޫރު ޕަސްކުއާލް ބްރޭންޑުގެ ޔޯގަޓް ޑްރިންކުތައް އާންމުންނަށް ލިބޭނެއެވެ.
ސޯސަން ފިހާރައިން މައުލޫމާތު ދޭ ގޮތުގައި މި ހަރަކާތް މާލެއަށް އެކަނި ހަނިނުކޮށް، ކުރިއަށް އޮތްތަނުގައި ހުޅުމާލޭގައި މެޗުތައް ބަލާ އާންމު ސަރަހައްދުތަކުގައި ވެސް މިފަދަ ހަރަކާތްތައް ބޭއްވުމަށް އަންނަނީ މަޝްވަރާ ކުރަމުންނެވެ.
އެގޮތުން، ހުޅުމާލޭގެ އާބާދީ ބޮޑު ސަރަހައްދުތަކުގައިވެސް ކުންފުނީގެ އެހެނިހެން އުފެއްދުންތައް ހިލޭ ބެހުމުގެ ޕްލޭންތައް އެކުލަވައިލަމުން އަންނަ ކަމަށް އެ ފިހާރައިން ބުނެފައިވެއެވެ.
ސޯސަން ފިހާރައަކީ ދިވެހިންގެ އިތުބާރު ހޯދާފައިވާ ޒަމާންވީ ފިހާރައެކެވެ.
އަލީ ޔާމިން
ސޯސަން ފިހާރަ
ސޯސަން ފިހާރަ
ސޯސަން ފިހާރަ
ސޯސަން ފިހާރަ
ކޮމެންޓް