ހުޅުމާލޭގައި ހުންނަ ފުލެޓެއްގެ ދެވަނަ ފަންގިފިލާއިން ވެއްޓުނު ކުއްޖާ ވެންޓިލޭޓަރުން ނަގައިފިއެވެ.
ފޭސް ދޭއްގައި ހުންނަ އަމާން ދޯދި 5ގެ ދެވަނަ ފަންގިފިލާއިން 16 އަހަރުގެ ފިރިހެން ކުއްޖަކު ވެއްޓިފައިވަނީ މިދިޔަ އަންގާރަ ދުވަހުގެ ރެއެވެ.
އެ ކުއްޖާއަށް ފުރަތަމަ ފަރުވާ ދީފައިވަނީ ހުޅުމާލެ ހޮސްޕިޓަލުގައެވެ. އަދި ފަހުން އިތުރު ފަރުވާއަށް އައިޖީއެމްއެޗަށް ވަނީ ބަދަލުކޮށްފައެވެ.
އައިޖީއެމްއެޗްއިން މިއަދު ބުނީ އެ ކުއްޖާ މިހާރު ވެންޓިލޭޓަރުން ނަގައި، ވޯޑަށް ބަދަލުކޮށްފައިވާ ކަމަށެވެ.
ނަމަވެސް އެ ކުއްޖާއަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް ހާމައެއް ނުކުރެއެވެ.
ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.
އައިޖީއެމްއެޗް
ކޮމެންޓް