އުރީދޫ ނޭޝަން ކަޕް 2026 ގައި ބައިވެރިވުމުގެ ފުރުސަތު މިރޭގެ ނިޔަލަށް ރަސްމީކޮށް ބަންދުވާނެ ކަމަށް އުރީދޫ މޯލްޑިވްސްއިން ބުނެފިއެވެ.
މިއީ މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ މި އީސްޕޯޓްސް މުބާރާތުން ޖާގަ ހޯދުމަށް އެފްސީ 26 ގެ ކުޅުންތެރިންނަށް ލިބޭ ފަހު ފުރުސަތެވެ.
އުރީދޫން ބުނީ ފީފާ ވޯލްޑް ކަޕްގެ ފޯރިއާ ގުޅުވައިގެން ބާއްވާ އުރީދޫ ނޭޝަން ކަޕް 2026 އަކީ މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުން ކުޅުންތެރިން އެއްވެ، 1-އޮން-1 އުސޫލުން އެފްސީ 26 ގެ ވަރުގަދަ މެޗުތަކެއް ކުޅޭނެ މުބާރާތެެއް ކަމަށެވެ.
މި މުބާރާތަށް ވޯލްޑް ކަޕްގެ ތަފާތު ތަޖުރިބާއެއް ގެނެސްދިނުމުގެ ގޮތުން، ރަޖިސްޓްރީވުމަށް ހުޅުވާލާފައިވާ 48 ޖާގަ ފުރޭއިރު، ކޮންމެ ކުޅުންތެރިއަކަށްވެސް ތަމްސީލުކުރާނެ ގައުމެއް ގުރުއަތުން ކަނޑައެޅޭނެއެވެ. ގްރޫޕް ސްޓޭޖުގެ މެޗުތައް ކުރިއަށްދާނީ ރަސްމީ ފީފާ ވޯލްޑް ކަޕް 2026 ގެ ތާވަލާ އެއްގޮތަށެވެ. މިއީ ކުޅުންތެރިންނަށް އެމީހުން ތަމްސީލުކުރާ ގައުމުގެ ނަމުގައި ވާދަކުރުމުގެ ފޯރިގަދަ ތަޖުރިބާއެއް މުޅި މުބާރާތުގައި ލިބިގެންދާނެ ކަމެކެވެ.
މުބާރާތުގައި ބައިވެރިވެވޭނީ އެންމެ 48 ކުޅުންތެރިންނަށް ކަމަށްވާތީ، މިއަހަރު ބާއްވާ އެންމެ ފޯރިގަދަ ގޭމިން ހަރަކާތުން ފުރުސަތު ގެއްލިގެންދިޔަ ނުދިނުމަށްޓަކައި، ސުންގަޑި ހަމަވުމުގެ ކުރިން ރަޖިސްޓްރީވުމަށް ޝައުގުވެރިވާ ކުޅުންތެރިންނަށް އުރީދޫން ވަނީ އިލްތިމާސްކޮށްފައެވެ.
މި މުބާރާތް ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވަނީ 26 ޖޫން 2026 ގެ 18:00 ގައެވެ.
އުރީދޫން ބުނީ މި މުބާރާތަކީ ވާދަވެރި ކުޅުމަކާއެކު، ރާއްޖޭގެ އެންމެ މޮޅު އެފްސީ 26 ކުޅުންތެރިންނާ ދެކޮޅަށް ހުނަރު ދައްކާލުމަށް ލިބޭނެ ރަނގަޅު ފުރުސަތެއް ކަމަށެވެ.
މުބާރާތުގެ ތަފުސީލު
- ގޭމް: އެފްސީ 26
- ފޯމެޓް: 1-އޮން-1 ޗެލެންޖް
- ރަޖިސްޓްރޭޝަން ފީ: 100 ރުފިޔާ
- އެންމެ ގިނަ ބައިވެރިން: 48 ކުޅުންތެރިން
- ރަޖިސްޓްރީވުމުގެ ސުންގަޑި: 24 ޖޫން 2026، 23:59
- މުބާރާތް ފެށުން: 26 ޖޫން 2026، 18:00
- ރަޖިސްޓްރީވުމަށް: ore.do/arena
އިނާމުތައް
މި މުބާރާތުގެ ޖުމުލަ ޕްރައިޒް ޕޫލަކީ 15،000 ރުފިޔާ އެވެ. މީގެ އިތުރުން އެންމެ މޮޅު ތިން ކުޅުންތެރިންނަށް ހައިސެންސް ބްރޭންޑުގެ ޕްރީމިއަމް ސްމާޓް ޓީވީ ލިބޭނެއެވެ.
1 ވަނަ
- 8,000 ރުފިޔާ
- ހައިސެންސް 75 އިންޗީގެ ޔޫއެޗްޑީ 4ކޭ ވިޑާ ސްމާޓް ޓީވީ
2 ވަނަ
- 5,000 ރުފިޔާ
- ހައިސެންސް 65 އިންޗީގެ ޔޫއެޗްޑީ 4ކޭ ވިޑާ ސްމާޓް ޓީވީ
3 ވަނަ
- 2,000 ރުފިޔާ
- ހައިސެންސް 55 އިންޗީގެ ޔޫއެޗްޑީ 4ކޭ ވިޑާ ސްމާޓް ޓީވީ
އުރީދޫ މޯލްޑިވްސްއިން އަންނަނީ "އުރީދޫ ނޭޝަން" މެދުވެރިކޮށް ރާއްޖޭގައި އީސްޕޯޓްސް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
މިރޭ ރަޖިސްޓްރޭޝަން ބަންދުވުމުގެ ކުރިން ore.do/arena އަށް ޒިޔާރަތްކޮށްގެން ކުޅުންތެރިންނަށް މިހާރު ރަޖިސްޓްރީ ކުރެވޭނެއެވެ.
އަލީ ޔާމިން
އުރީދޫ މޯލްޑިވްސް
އުރީދޫ މޯލްޑިވްސް
އުރީދޫ މޯލްޑިވްސް
އުރީދޫ މޯލްޑިވްސް
ކޮމެންޓް