މިފްކޯއިން މަސް ގަންނަ އަގު، ކިލޯއަކަށް 20 ރުފިޔާއަށް ވުރެ ދަށްނުކޮށް ހިފެހެއްޓޭނެ ގޮތްތަކެއް ރޭވުމަކީ ސަރުކާރުގެ އަމާޒެއްކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުން ކޮންމެ ހަފުތާއަކު ތައްޔާރުކުރާ "ދަ ޕަލްސް" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މަސްވެރިންނަށް ހަމަ އަގު ހޯދައިދިނުމަށް ސަރުކާރުން އެޅި އެންމެ މުހިއްމު ފިޔަވަޅަކީ މާކެޓް ރޭޓާ އެއްވަރަށް އަގު ފްލޯޓްކޮށްލުން ކަމަށާއި، އޭގެ ނަތީޖާ މިހާރު ފެންނަމުންދާ ކަމަށެވެ. މަސް ކިލޯއެއްގެ އަގު ފްލޯޓްކޮށްލިއިރު 16 ރުފިޔާގައި ހުރި ނަމަވެސް، މިހާރު އެ އަގު 20 ރުފިޔާއަށް މަތިވެފައިވާތީ، އެ ރޭޓުގައި އަގު ހިފެހެއްޓުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ތާނގައި ވެސް އަޅުގަނޑުމެން އުއްމީދުކުރަނީ، އަޅުގަނޑުމެން އެންމެ ބޭނުންވާ ރޭޓްގައި 20 ރުފިޔާ އެންމެ ކުޑަމިނުން ލިބޭ ވަރުގައި ހިފެހެއްޓޭނެ ގޮތްތައް ރޭވޭނެކަމަށްް،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މަސް ގަންނަ އަގު 20 ރުފިޔާއަށް ވުރެ ދަށްނުކޮށް ހިފެހެއްޓުމަށްޓަކައި މަސް ރައްކާކުރުމުގެ ގާބިލުކަން އިތުރުކުރުމާއި، މަހަށް ވެލިއު އެޑްކުރުން ނުވަތަ މަސް ބަންދުކުރާ މިންވަރު އިތުރުކުރުމުގެ ސިޔާސަތު ސަރުކާރުން ދަނީ ތަންފީޒުކުރަމުން ކަމަށެވެ.
އެގޮތުން ފެލިވަރު ފެކްޓްރީގެ ގާބިލުކަން އިތުރުކުރުމަށް ބޭރުގެ އެހީގައި ހިންގާ މަޝްރޫއުތައް ބާރުސްޕީޑުގައި ކުރިއަށްގެންގޮސް، މި ދައުރުގެ ތެރޭގައި މަސް ޕްރޮސެސްކުރާ މިންވަރު ދެގުނަ ނުވަތަ ތިންގުނައަށް އިތުރުކުރުމަށް މަސައްކަތް ކުރަމުންދާކަމަށް ރައީސް ވިދާޅުވިއެވެ.
މިފްކޯއިން މަސް ކިލޯއެއް ގަންނަ އަގު 20 ރުފިޔާއަށް ބަދަލުކުރީ މި މަހުގެ 9 ވަނަ ދުވަހުއެވެ.
މުހައްމަދު އިޝާން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކޮމެންޓް