ދުނިޔޭގެ ބާޒާރަށް ތެލާއި ގޭސް ފޯރުކޮށްދިނުމުގައި ހޮރުމުޒް ކަނޑުއޮޅިއަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށްޓަކައި، އާ ގޮތްތަކެއް ހޯދުމަށް ޖީ7 ގެ ގައުމުތަކުގެ އިސްވެރިން މަޝްވަރާކުރަން ފަށައިފިއެވެ.
ފަރަންސޭސި ހާރިޖީ ވުޒާރާގެ ތަރުޖަމާނު ޕާސްކަލް ކޮންފަވްރޫ ވިދާޅުވި ގޮތުގައި، ދާދި ފަހުން ބޭއްވި ޖީ7 ސަމިޓުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައިވަނީ ކަނޑުމަގުގެ ބަދަލުގައި އެއްގަމު މަގުން ތެލާއި ގޭސް އުފުލޭނެ އުމްރާނީ ވަސީލަތްތައް ގާއިމުކުރުމަށާއި އެކަމަށް ފައިސާ ހޯދުމާ ގުޅޭގޮތުންނެވެ. މި ބަދަލު ގެނައުމުގެ މައިގަނޑު ބޭނުމަކީ، މެދުއިރުމަތީގެ ސިޔާސީ ނުތަނަވަސްކަމާ ގުޅިގެން ކަނޑުދަތުރުފަތުރަށް ކުރިމަތިވެދާނެ ނުރައްކާތަކުން ސަލާމަތްވެ، ދިގު މުއްދަތަކަށް ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކުރުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ތާރީހީ ގޮތުން ބަލާއިރު، ދުނިޔޭގެ ބާޒާރަށް ނެރޭ ސާފުނުކުރާ ތެލުގެ ފަސްބައިކުޅަ އެއްބައި އުފުލަނީ ހޮރުމުޒް ކަނޑުއޮޅި ހުރަސްކޮށެވެ. އެހެންކަމުން، މި ސަރަހައްދަށް ދިމާވާ ކޮންމެ ހުރަހެއްގެ ސަބަބުން ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ބޮޑެތި ލޮޅުންތަކެއް އަރައެވެ.
މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން، ސައުދީ އަރަބިއްޔާގެ ސަރަހައްދު ހުރަސްކޮށް ރަތް ކަނޑަށް ގުޅާލެވޭނެ ހޮޅިތަކެއް އެޅުމާއި، އެހެނިހެން ގައުމުތައް މެދުވެރިކޮށް މެޑިޓަރޭނިއަން ކަނޑަށް ގޭސް ފޯރުކޮށްދެވޭނެ މަގުތަކެއް ހޯދުމަށް ވެސް ސަމިޓުގައި ވަނީ ހުށަހަޅައިފައެވެ.
މި މައްސަލައަށް އަމަލީ ހައްލެއް ހޯދުމުގެ ގޮތުން، ޖީ7 ގެ ގައުމުތަކުން މިހާރު އަންނަނީ ގަލްފް ކޯޕަރޭޝަން ކައުންސިލް (ޖީސީސީ) ގެ ގައުމުތަކާއެކު ހާއްސަ މަޝްވަރާ ބައްދަލުވުންތަކެއް ބާއްވަން ތައްޔާރުވަމުންނެވެ.
ހޮރްމުޒް ކަނޑުއޮޅި
ހޮރްމުޒް ކަނޑުއޮޅި
ހޮރްމުޒް ކަނޑުއޮޅި
ހޮރްމުޒް ކަނޑުއޮޅި
ކޮމެންޓް