ދުނިޔޭގެ އެންމެ އަގުބޮޑު ރަނުގެ ހެދުމުގެ ގޮތުގައި ގިނިސް ވޯލްޑް ރެކޯޑުން ޖާގަ ހޯދާފައިވާ ހާއްސަ ހެދުމެއް، ޝާރްޖާގައި މިހާރު ކުރިއަށްދާ 57 ވަނަ "ވޮޗް އެންޑް ޖުވެލަރީ މިޑްލް އީސްޓް ޝޯ" ގައި ދައްކާލައިފިއެވެ.
އެކްސްޕޯ ސެންޓަރު ޝާރްޖާގައި ދައްކާލި މި ހެދުމަކީ އެކުވެރި އަރަބި އިމާރާތް (ޔުނައިޓެޑް އަރަބް އެމިރޭޓްސް - ޔޫއޭއީ) ގެ ކުންފުންޏެއް ކަމަށްވާ އަލް ރޮމައިޒާން ގޯލްޑް އެންޑް ޖުވެލަރީން ފަރުމާކޮށްފައިވާ ހެދުމެކެވެ. 21 ކެރެޓުގެ ސާފު ރަނުން ތައްޔާރުކޮށްފައިވާ މި ހެދުމުގެ ބަރުދަނުގައި 10 ކިލޯގްރާމަށް ވުރެ ގިނައިން ހުރިއިރު، މީގެ އަގު 5 މިލިއަން ދިރުހަމް (1.36 މިލިއަން އެމެރިކާ ޑޮލަރު) އަށް އަރާ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
މި މައުރަޒު އިންތިޒާމުކުރާ ފަރާތްތަކުން ފާހަގަކުރި ގޮތުގައި، މިއީ މި އަހަރުގެ މައުރަޒުގެ އެންމެ ހާއްސަ އެއް އައިޓަމެވެ. އަދި މި ހެދުން ބަލައިލުމަށް ގިނަ އަދަދެއްގެ އާންމުން ޒިޔާރަތްކުރަމުންދާ ކަމަށާއި، މިއީ ސަރަހައްދުގެ ގަހަނާ އުފެއްދުމުގެ ސިނާއަތުގެ ކުރިއެރުން ރަމްޒުކޮށްދޭ ކަމެއް ކަމަށް އެ ފަރާތްތަކުން ބުނެފައިވެއެވެ.
މި ހެދުން ފަރުމާކުރި ފަރާތްތަކުން ބުނި ގޮތުގައި، މިއީ ޒަމާނީ ފަންނުވެރިކަމާއި ސަގާފީ އަތްތެރިމަސައްކަތް އެއްކޮށްލައިގެން އުފައްދާފައިވާ އުފެއްދުމެކެވެ. އަދި މިއީ ޔޫއޭއީގެ ގަހަނާ އުފެއްދުމުގެ ހުނަރުވެރިކަން ބައިނަލްއަގުވާމީ ފެންވަރުގައި ދައްކާލުމަށް ތައްޔާރުކުރި ހެދުމެއް ކަމަށް ވެސް އެ ފަރާތްތަކުން ބުނެފައިވެއެވެ.
މި މައުރަޒުގައި އަލް ރޮމައިޒާންގެ އިތުރުން ސަރަހައްދުގެ އެހެނިހެން މަޝްހޫރު ގަހަނާ އުފައްދާ ކުންފުނިތަކުން ވެސް އަންނަނީ އެ ފަރާތްތަކުގެ އާ އުފެއްދުންތަކާއި ރެކޯޑު މުގުރާލާ ފަދަ ހާއްސަ އައިޓަމްތައް ދައްކާލަމުންނެވެ.
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު
ކޮމެންޓް