އެޕާޓްމަންޓް ކުއްޔަށް ދޫކުރުމާއި ބަންބުކެޔޮ ފަދަ ތަކެތި ވިއްކާ ކަމަށްބުނެ "އިނާ" ނަމަކަށް ކިޔާ ޓިކްޓޮކް އެކައުންޓަކުން ސްކޭމް ހިންގާ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ބުރާސްފަތި ދުވަހު ކުރި ޕޯސްޓެއްގައި ބުނީ އެ އެކައުންޓަކީ އޮޅުވާލައިގެން މަކަރާއި ހީލަތުން ސްކޭމް ހިންގަމުންދާ އެކައުންޓެއްގެ ގޮތުގައި ރިޕޯޓު ކޮށްފައިވާތީ އެކަމަށް ސަމާލުވާން އެދޭ ކަމަށެވެ.
ފުލުހުން ވަނީ އެ ޕޯސްޓާ އެކު، އެ ސެންޓަރުން ވަނީ އެ ޓިކްޓޮކް އެކައުންޓުގެ ސްކްރީންޝޮޓެއް ވެސް ހިއްސާކޮށްފައެވެ.
ފުލުހުން ބުނީ މި އެކައުންޓް ހިންގަމުންދާ ފަރާތް ހޯދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. އަދި މިފަދަ ސޯޝަލް މީޑިއާގެ އެކި އެކި ޕްލެޓްފޯމްތަކުގައި ފޭކް އެކައުންޓްތައް ހަދައިގެން، ޖިނާއީ ކުށްތަކަށް އަރައިގަންނަމުންދާ ފަރާތްތައް ހޯދައި، އެފަރާތްތަކާމެދު ގާނޫނީ ގޮތުން އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އަޅަމުންދާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ އެކައުންޓުން ޕޯސްޓްކޮށްފައިވާ ކޮންޓެންޓްގެ ތެރޭގައި ދުވަހު ކުއްޔަށް ކޮޓަރި ދޫކުރުމަށާއި އެޕާޓްމެންޓް ކުއްޔަށް ދިނުމަށް ވެސް އިސްތިހާރުކޮށްފައިވެއެވެ. އަދި ތެލުލި ބަނބުކެޔޮ ޑަބިޔާ ވިއްކަން ވެސް އިސްތިހާރު ކޮށްފައިވެއެވެ.
މި މައްސަލަ ފެންމަތިވުމުން އެ އެކައުންޓް ވަނީ ޕްރައިވެޓްކޮށް، އެކައުންޓުން ކޮށްފައިވާ ހުރިހާ ޕޯސްޓެއްވެސް ޑިލީޓްކޮށްފައެވެ.
ޕޮލިސް
ޕޮލިސް
ޕޮލިސް
ޕޮލިސް