ފުލުހުންގެ ތަރުޖަމާނުގެ މަގާމަށް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަލީ އާރިފް އައްޔަންކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ ދިވެހި ފުލުހުންގެ ހުދުމަތުގެ ރަސްމީ ތަރުޖަމާނުގެ މަގާމަށް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢާރިފް، މިއަދުން ފެށިގެން އައްޔަންކުރައްވާ ކަމަށެވެ.
އާރިފް އެ މަގާމަށް އައްޔަންކުރީ، މީގެ ކުރިން އެ މަގާމު ފުރުއްވި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ޝިފާނުގެ ވަކިކުރުމަށްފަހުއެވެ. ނަމަވެސް ޝިފާން ވަކިކުރި ސަބަބެއް ފުލުހުން ހިއްސާކޮށްފައެއް ނުވެއެވެ.
ފުލުހުން ބުނީ މި ބަދަލާއެކު، މީޑިއާތަކަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުމާއި، އެ މުއައްސަސާގެ ފަރާތުން އާންމުންނާ ކުރާ މުއާމަލާތްތަކުގައި އެންމެ އިސްކޮށް ދެން ހަރަކާތްތެރިވާނީ އާރިފް ކަމަށެވެ.
އާރިފް މީގެ ކުރިން ހުންނެވީ ސްޓްރެޓީޖިކް ޕްލޭނިން އެންޑް ލީގަލް ސާވިސަސްގެ ވެރިޔާގެ މަގާމުގައެވެ.
ޕޮލިސް
ޕޮލިސް
ޕޮލިސް