ފުލުހުންގެ ތަރުޖަމާނުކަމުގެ މަގާމުން އަހުމަދު ޝިފާން ވަކިކޮށްފިއެވެ.

ފުލުހުންގެ ތަރުޖަމާނަކަށް ޝިފާން އައްޔަންކޮށްފައިވަނީ 19 ފެބްރުއަރީ 2024 ގައެވެ. އޭރު އޭނާ ހުންނެވީ ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސްގެ ރޭންކުގައެވެ.

ނަމަވެސް އޭގެ ފަހުން 2024 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ޝިފާން ވަނީ އެސިސްޓަންޓް ކޮމިޝަނަރުކަމުގެ ރޭންކަށް ޕްރޮމޯޓުކޮށްފައެވެ. އަދި ޝިފާން ވަނީ ދުވަސްކޮޅަކަށް ކޮމިޝަނަރުގެ ބިއުރޯގައި ވެސް މަސައްކަތްކުރައްވައިފައެވެ.

ފުލުހުންގެ ތަރުޖަމާނުކަމުގެ މަގާމުން ޝިފާން ވަކިކުރިކަން ކަށަވަރުވީ ނަމަވެސް، އޭނާ އެ މަގާމުން ވަކިކުރި ސަބަބެއް ކަށަވަރެއް ނޫނެވެ. ތަރުޖަމާނުކަމުގެ މަގާމުން ޝިފާން ވަކިކުރުމަށްފަހު، އިތުރު މަގާމަކަށް އޭނާ އައްޔަންކޮށްފައެއް ނުވެއެވެ.

އެކަމާ ގުޅޭގޮތުން ފުލުހުން އަދި ރަސްމީކޮށް އެއްވެސް ބަހެއް ބުނެފައެއް ނުވެއެވެ.