ފިޗުން ރާއްޖޭގެ ރޭޓިން މަތި ކޮށްފައިވާ އިރު، ރާއްޖެ ބަނގުރޫޓުވޭތޯ ނަދުރު ވިދާޅުވާ ބޭފުޅުން ތިއްބެވި ކަމަށް ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުުވުމުގައި މުންދު ވިދާޅުވީ، ފެށުނީއްސުރެ ސަރުކާރުން މަސައްކަތް ކުރަމުން އައީ ރާއްޖޭގެ އިގުތިސޯދު ރަނގަޅުކޮށް ވާރުތަވި ދަރަނިތައް އަދާކުރުމަށް ކަމަށެެވެ.
އެގޮތުން ރެކޯޑް އަދަދަކަށް، ބިލިޔަނެއްހާ ޑޮލަރުގެ ދަރަނި ދައްކައި، ގައިރު ޒިންމާދާރު ގޮތެއްގައި ނެގިފައި ހުރި ވަރަށް ގިނަ ދަރަނިތައް ދައްކައި ހަލާސް ކުރުމުގެ މަަސައްކަތުގައި ވަރަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ދުނިޔޭގެ އެންމެ ބޮޑު އެއް ކްރެޑިޓް ރޭޓިން އެޖެންސީ ފިޗް ރޭޓިންސް އިން ރާއްޖެ އަށް ދީފައި އޮތް ރޭޓިން މަތިކޮށްފައި ވަނީ އެ މަސައްކަތްތަކުގެ ސަބަބުން ކަން ފާހަގަ ކުރައްވައި، މުންދު ވިދަޅުވީ، ރާއްޖެ ބަނގުރޫޓުވޭތޯ ނަދުރު ވިދާޅުވާ ބޭފުޅުންވެސް ތިއްބެވި ކަމަށެވެ.
"ބައެއް ބޭފުޅުން ދުއާވެސް ކުރައްވާ ކަންނޭނގެ ރާއްޖެ ބަނގުރޫޓުވޭތޯ، ނަދުރު ވިދާޅުވާ ބޭފުޅުންވެސް ތިއްބެވި، މާދަމާ ބަނގުރޫޓުވާންށޭ އެއުޅެނީ، އަންނަ ހަފުތާގައި އެބައޮތޭ ދައްކަންޖެހޭ ފައިސާއެެއް، ނެތޭ ލާާރިއެއް ނުދެއްކޭނެއޭ މިކަހަލަ ސިނާރިއޯއެއް މީޑިއާގައި ގެންނަވާ ތަކުރާރުކޮށް އެވާހަކަ ދައްކަވާ،"
ރާއްޖެ ބަނގުރޫޓުވެއްޖެއްޔާ ގެއްލުންވަނީ މިއަދުގެ ސަރުކާރަށް އެކަނިތޯ ވެސް މުންދު ސުވާލު ކުރެއްވިއެވެ. އެކަން އެހެން ވެއްްޖެނަމަ ވެރިކަމަށް ވަޑައިގެންނެވުމަށް ކެއް މަދުވެފައިވާ މީހުން ދެން ހަވާކުވާނީ ކޯޗަކާތޯވެސް މުންދު ސުވާލު ކުރެއްވިއެވެ.
އިބްރާހިމް ޒަކީ
ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންދު)
ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންދު)
ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންދު)