ދިވެހި ފުލުހުންގެ ހިދުމަތުގެ އިދާރީ ހިންގުމާއި އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފިއެވެ.

ފުލުހުން ބުނި ގޮތުގައި އިއްޔެއިން ފެށިގެން އަމަލުކުރަން ފެށި މި ބަދަލުތަކަކީ ފުލުހުންގެ ހިދުމަތް ދިނުމުގައި މިހާރަށްވުރެ ފުރިހަމަ ނަތީޖާއެއް ހާސިލުކުރުމުގެ މަގުސަދުގައި ގެނެވުނު އިސްލާހުތަކެކެވެ.

އާ އޮނިގަނޑުގެ ދަށުން ފުލުހުންގެ ބައެއް މުހިންމު ޔުނިޓުތައް ކަމަށްވާ ތަހުގީގުގެ ދާއިރާއާއި އިންޓެލިޖެންސް، ފޮރެންސިކް، އޮޕަރޭޝަނަލް ސަޕޯޓް، ޓެކްނޮލޮޖީ، ޓްރޭނިން އަދި ކޯޕަރޭޓް ސަޕޯޓް ފަދަ މަސައްކަތްތައް ވަނީ ހާއްސަ ކޮމާންޑްތަކެއްގެ ދަށުން ތަރުތީބުކުރެވިފައި ކަމަށް ފުލުހުން ބުނެއެވެ.

މީގެ އިތުރުން 14 ދާއިރާއެއްގެ ކޮމާންޑަރުން ވަނީ އައްޔަނުކޮށްފައި ކަަމަށްވެސް ފުލުހުން ބުނެއެވެ.

ފުލުހުން ބުނި ގޮތުގައި މި އޮނިގަނޑު ފަރުމާކޮށްފައިވަނީ ތަފާތު ދާއިރާތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކޮށް، އޮޕަރޭޝަނަލް ހިންގުން ހަރުދަނާކުރުމަށެވެ.