ދިވެހިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ "ޑެލި ސަން" ބްރޭންޑްގެ ގިނަ ބާވަތްތަކެއް ސޯސަން ފިހާރައިން މިހާރު ލިބެން އެބަހުއްޓެވެ. މިއީ ފަސޭހައިން ތަފާތު ކެއުންތައް ތައްޔާރުކުރުމަށް ގިނަ ބަޔަކު އިތުބާރުކުރާ، ފެންވަރު ރަނގަޅު އުފެއްދުންތަކެކެވެ.

ރާއްޖޭގެ ބާޒާރުގައި ލިބެން ހުރި ކާބޯތަކެތީގެ ބްރޭންޑްތަކުގެ ތެރެއިން ޑެލި ސަން އަކީ ދިވެހިންގެ ކެއިންބުއިމުގެ އާދަތަކާ ވަރަށް ބޮޑަށް ގުޅިފައިވާ ބްރޭންޑެކެވެ. ފަހުގެ އަހަރުތަކުގައި ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް އައި ބަދަލުތަކާ ގުޅިގެން، ވަގުތު ސަލާމަތްކޮށްދޭ އަދި ފަސޭހައިން ތައްޔާރުކޮށްލެވޭ ކާނާއަށް އޮންނަ ޑިމާންޑު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މިގޮތުން ޑެލި ސަންގެ ރެޕް އަދި ޓޯޓިލާ ފަދަ ބާވަތްތައް ބޭނުންކޮށްގެން ދިވެހި ރަހަތައް އެކުލެވޭ ތަފާތު ކެއުންތައް ތައްޔާރުކުރުން ވަނީ އާންމުވެފައެވެ.

ރާއްޖޭގެ މަޝްހޫރު ރެސިޕީ ވެބްސައިޓްތަކުގައިވެސް މި ބްރޭންޑްގެ އުފެއްދުންތައް ބޭނުންކޮށްގެން ތައްޔާރުކުރާ ކެއުންތައް ގިނަ އަދަދަކަށް ހިމަނާފައިވުމަކީ، ދިވެހިންގެ މެދުގައި މި ބްރޭންޑަށް އޮތް މަގުބޫލުކަން ހާމަކޮށްދޭ ކަމެކެވެ.

ޑެލި ސަން އަކީ ދުނިޔޭގެ ފެންވަރުގައިވެސް އިތުބާރު ހޯދާފައިވާ ސްޕެއިންގެ ކުންފުންޏަކުން އުފައްދާ ބްރޭންޑެކެވެ. މި ބްރޭންޑްގެ އުފެއްދުންތަކަކީ ސިއްހަތަށް ފައިދާހުރި އަދި ފެންވަރު ރަނގަޅު މާއްދާތައް ބޭނުންކޮށްގެން އުފައްދާފައިވާ ތަކެއްޗެވެ.

ހާއްސަކޮށް ފްރީޒްކޮށްގެން ގިނަ ދުވަހު ބޭނުންކުރެވޭ ގޮތަށް ބަންދުކޮށްފައި ހުރުމާއި، ކާތަކެތި ތައްޔާރުކުރާއިރު މަޑުކޮށް އަދި ތާޒާކޮށް ހުރުމަކީ މި ބްރޭންޑަށް އާންމުން ކުރާ އިތުބާރު ބޮޑުވާ މައިގަނޑު އެއް ސަބަބެވެ. މީގެ އިތުރުން މިއީ އެއްވެސް ގެއްލުންދެނިވި ކެމިކަލެއް ނުހިމަނާ އުފައްދާ ބާވަތްތަކެއް ކަމުން، މިއީ އާއިލާގެ ހުރިހާ އުމުރުފުރާއަކަށްވެސް ރައްކާތެރި ކާނާއެކެވެ.

ސޯސަން ފިހާރައިގެ ވެބްސައިޓުންނާއި ފިހާރައިން ޑެލި ސަން ބްރޭންޑްގެ ތަފާތު އެތައް ބާވަތެއް ލިބެން އެބަހުއްޓެވެ. މީގެ ތެރޭގައި ތަފާތު ރަހަތަކާއި އެކި ސައިޒުތަކުގެ އުފެއްދުންތައް ހިމެނެއެވެ. އޭގެ ތެރެއިން އެންމެ އާންމުކޮށް ވިކޭ ބައެއް ބާވަތްތަކަކީ ޑެލި ސަން ސޮފްޓް ފްލާރ ޓޯޓިލާސް، ޑެލި ސަން ފުލް ގްރެއިން ކޯން ޓޯޓިލާސް، ޑެލި ސަން ހޯލް ވީޓް ރެޕްސް، ޑެލި ސަން ޗިއާ އެންޑް ފްލެކްސް ޓޯޓިލާ އަދި ޑެލި ސަން ޕިއްޒާ ބޭސް އެވެ. މި ބާވަތްތަކަކީ ސޯސަން ފިހާރައިން ހެޔޮ އަގެއްގައި، އާންމުކޮށް މެދުކެނޑުމެއްނެތި ލިބެން ހުންނަ ބާވަތްތަކެއްކަން ފާހަގަކޮށްލެވެއެވެ.